ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތު (މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް)

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު (މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް) ހުޅުވާލާ މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް ސެޕްޓެންބަރު 2015

ސްކިލްސް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން

ކޯހުގެ ދާއިރާ:

ޤައުމު

ފެންވަރު ( (MNQF

ދާއިރާ (ކެޓަގަރީ)

ފުރުޞަތުގެ ޖުމްލަ

ލޯނުއެހީގެ މިންވަރު

ދިވެހިރާއްޖެ

ޑިޕްލޮމާ (ލެވަލް 5)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

30

-/35,000

ބެޗްލަރސް ޑިގްރީ (ލެވަލް 7)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

30

-/70,000

މާސްޓަރސް ޑިގްރީ  (ލެވެލް 9)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

10

-/40,000

ރާއްޖެއިން ބޭރު

ބެޗްލަރސް ޑިގްރީ

(ލެވަލް 7)

ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް

30

-/100,000

ޖުމްލަ

100

 

ފުރުޞަތުތަކުގެ ތަފުސީލު

މިސްކީމުން ލޯނު އެހީދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. އެހީއަށް އެދި ހުށަހަޅާ ދަރިވަރަކީ މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމުގައިވުން. މިހާރު މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރެއް ކަމުގައި ބެލޭނީ، 1 ސެޕްޓެންބަރު 2015 ގެ ކުރިން ކިޔެވުން ފެށިފައިވާ ދަރިވަރުންނެވެ.

ށ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ މަރުކަޒަކުން ވެލިޑޭޓްކުރާ ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައިވުން. މެޑިކަލް ދާއިރާއިން އިންޓަރންޝިޕް ހަދާދަރިވަރުން ވެސް މީގެތެރޭގައި ހިމެނޭނެއެވެ.

ނ. ފުލްޓައިމް ކޯހެއްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރެއްކަމުގައިވުން.

ރ. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ފާހަގަކޮށްފައިވާ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވުން.

ބ. މިހާރު ހާސިލުކޮށްފައިވާ ފެންވަރަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްގައި ތަޢުލީމު ހާސިލުލުކުރަމުންދާ ދަރިވަރެއްކަމުގައިވުން.

ޅ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ހިލޭ އެހީގެ ގޮތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ކަމުގައިނުވުން.

ކ.  ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން

އ. ލޯނުއެހީއަށް އެދި ހުށަހަޅާ ކޯހަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާރކްގެ ލެވެލް 5 – 9 ގެ ކޯހެއްކަމުގައިވުން (ސްލޮޓްތައް ބެހިފައިވާ ގޮތުގެމަތިން)

ވ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިއެކެވެ.)

މ. ދިވެހި ރައްޔިތެއްކަމުގައިވުން.

ޝަރުޠުތައް

  • ވޭތުވެދިޔަ ތަނުގައި މަތީ ތަޢުލީމަށް މާލީއެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
  • ޓީޗިންގ ކޯސްތަކަށް ހޮވުމުގައި ސަރުކާރުން ކަނޑައަޅާ އަތޮޅުތެރޭގެ ސްކޫލެއްގައި ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތްކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ނާރސިންގ ކޯސްތަކަށް ހޮވުމުގައި ސަރުކާރުން ކަނޑައަޅާ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ނުވަތަ ޞިއްޙީ މަރުކަޒެއްގައި ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތްކުރަން އެއްބަސްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • މި ސްކީމް ހުޅުވާލެވިފައިވަނީ ހަމައެކަނި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ  ދަރިވަރުންނަށެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޛަރީޢާއިން އެޕްލިކޭޝަންފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • މި ސްކީމަށް ކެންޑިޑޭޓުން ހޮވުމަށް ހަމަޖެހިފައިވަނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެމަތީން ޕޮއިންޓްލިބޭ ދަރިވަރުންގެ ތަރުތީބުންނެވެ.
  • ޕޮއިންޓްގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ، މިޖާގަ/ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުޢަތުންނެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް 8 ސެޕްޓެންބަރު 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv) އިން ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • މި ސްކީމުގެ އުސޫލާއި މި އިޢުލާނުގައި ހިމެނިފައިވާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • މިއިޢުލާނުގައިވާ މުއްދަތު ހަމަވުމަށްފަހު، އެޕްލިކޭޝަން ހުށަހެޅި ފަރާތުން އެއްވެސް އެޕްލިކޭޝަނަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެގޮތުން ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްވެސް މުއްދަތު ހަމަވުމަށްފަހު ބަލައެއް ނުގަނެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 8 ސެޕްޓެންބަރު 2015 އިން ފެށިގެން 30 ސެޕްޓެންބަރު 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހުގެ 14:45 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމެންޓްގެ ވެބްސައިޓްއަކީ: www.dhe.gov.mv  އެވެ.
  • މިސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމް.

  މަތީ ތަޢުލީމުގެ ލޯނު ސްކީމް (އަލަށް ކިޔަވަން ފަށާ ދަރިވަރުން) – ސެޕްޓެންބަރު 2015 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

  • އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2015 އޮކްޓޫބަރުމަހުގެ 4 ން 8 އަށް ހެނދުނު 9:00 ން ފެށިގެން 15:00އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭގެ ދެވަނަ ތަޅުމުގައެވެ.

އެޕްލިކޭޝަން ފޯމު ދޫކުރުން:

  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު މިޑިޕާޓްމެންޓްގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ. ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މިމުއްދަތުގައި މި ޑިޕާޓްމެންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައިގަންނަވާނެއެވެ. ވީމާ، ހުރިހާ ފަރާތްތަކުންވެސް 30 ސެޕްޓެންބަރު 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު:  އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަންބަރަށެވެ.

03 ސެޕްޓެންބަރު 2015
ހޯދާ