މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
Consultancy services for a National Expert - Private Sector Engagement Specialist

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް) 

މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) އޮފް މޯލްޑިވްސް"  ނަމުގައި މަސައްކަތް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޕްރައިވެޓް ސެކްޓަރ އަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

ކޯޓޭޝަން ވެލިޑިޓީ އަދި ހުށަހެޅުން

ކޯޓޭޝަން ހުށަހަޅާނީ 1 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ އީ-މެއިލް އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީ-މެއިލްގައި  ކޮންސަލްޓަންސީގެ ނަން، ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. އަދި ކޯޓޭޝަންގެ މުއްދަތުގެ ގޮތުގައި ކޯޓޭޝަން ހުށަހަޅާ ތާރީހުން ފެށިގެން 90 (ނުވަދިހަ)  ދުވަސް އޮންނަންވާނެއެވ

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

Subject : Proposal for the“Consultancy services for a national expert - Private Sector Engagement Specialist - (IUL)88-NAP/88/2025/285”

Email Address[email protected]

Copy E-Mail: [email protected]

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް

ދަރުބާރުގެ، މާލެ، 20244،ދިވެހިރާއްޖެ

އީމެއިލް: [email protected]

އީމެއިލް ކޮޕީ: [email protected]

ވެބްސައިޓް: www.environment.gov.mv

އިޢުލާނު ނަންބަރު: (IUL)88-NAP/88/2025/285

 

ހުށަހެޅީ؛

(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
 

ނޯޓް:

މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

18 ޖޫން 2025
ހޯދާ