ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތު (އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް)

ސަރުކާރުގެ މަތީ ތަޢުލީމުގެ ވަޢުދުގެ ތެރެއިން 2015 ވަނަ އަހަރު އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާ

މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުޞަތުތައް: ސެޕްޓެންބަރު 2015

ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ

ޖުމްލަ

 

ދިވެހިރާއްޖެ

ޑިޕްލޮމާ

5

ނާރސިންގ

20

ޓީޗިންގ

30

ޓޫރިޒަމް މެނޭޖްމަންޓް/ހޮސްޕިޓަލިޓީ މެނޭޖްމަންޓް  (ޤައުމީ ޔުނިވަރސިޓީ)

10

އޭ.ސީ.ސީ.އޭ

20

ބެޗްލަރސް ޑިގްރީ

7

ޓީޗިންގ

50

ނާރސިންގ

20

ޓޫރިޒަމް މެނޭޖްމަންޓް/ހޮސްޕިޓަލިޓީ މެނޭޖްމަންޓް  (ޤައުމީ ޔުނިވަރސިޓީ)

20

އެކައުންޓިންގ

15

އެޑިޔުކޭޝަން/އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން/އެޑިޔުކޭޝަން މެނޭޖްމަންޓް

25

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލް ޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

100

މާސްޓަރސް  ޑިގްރީ

9

އެޑިޔުކޭޝަން/އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން/އެޑިޔުކޭޝަން މެނޭޖްމަންޓް

20

ސްކިލް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް

20

ޖުމްލަ:

350

ރާއްޖޭން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުޞަތު:

ޤައުމު

ފެންވަރު

ލެވެލް

ދާއިރާ (ކެޓަގަރީ)

ފުރުޞަތުތަކުގެ

ޖުމްލަ

ދިވެހިރާއްޖެ/ޔޫ.އެސް.އޭ

ލައިސަންސް

 

ޕައިލެޓް ސްޓަޑީސް

10

ބަންގްލަދޭޝް

އިންޓަރންޝިޕް

 

އިންޓަރންޝިޕް (އެމް.ބީ.ބީ.އެސް)

5

ސްރީލަންކާ

ބެޗުލަރސް ޑިގްރީ

7

އެމް.ބީ.ބީ.އެސް (ކޭ.ޑީޔޫ)

20

ނާރސިންގ

50

އޭ.ސީ.ސީ.އޭ

20

ސާރކް ޤައުމުތައް

ބެޗްލަރސް ޑިގްރީ

7

އިންޓަރނޭޝަނަލް ރިލޭޝަންސް

5

އެއަރކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ

10

ސްޕެޝަލް އެޑިޔުކޭޝަން

5

މިތާވަލްގައި ހިމެނިފައިވާ ކެޓަގަރީތައް ފިޔަވައި ސްކިލްޝޯޓޭޖު ލިސްޓްގައިވާ އެހެނިހެން ދާއިރާތައް

30

މާސްޓަރސް ޑީގްރީ

9

ޕޯސްޓްގްރެޖުއޭޓް މެޑިސިން

10

އެކައުންޓިންގ

5

ސްކިލް ޝޯޓޭޖު ލިސްޓްގައިވާ ދާއިރާތައް

10

ޖުމްލަ:

180

  • ކޭ.ޑީ.ޔޫ – ސަރ ޖޯން ކޮޓަލާވަލަ ޑިފެންސް ޔުނިވަރސިޓީ

ފުރުޞަތުތަކުގެ ތަފުސީލު

މި ސްކީމުން ލޯނުއެހީ ދެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ހ. ތަޢުލީމީ އާ މަރުޙަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރެއްކަމުގައިވުން.

ށ. މިހާރު ހާސިލުކޮށްފައިވާ ކޯހުގެ ފެންވަރަށްވުރެ މަތީ ކޯހެއް ކަމުގައިވުން.

ނ. 1 ސެޕްޓެންބަރު 2015 އަށް ކިޔެވުން ފަށްޓާފައިނުވާ ފަރާތަކަށްވުން. (1 ސެޕްޓެންބަރު 2015 ގެ ކުރިން ކިޔަވަން ފަށާފައިވާ ފަރާތްތަކުން ކުރިމަތިލާންވާނީ މިޑިޕާޓްމަންޓުގެ އިޢުލާނު ނަންބަރު 115/IUL)166-Schol/166/2015) އިން ހުޅުވާލާފައިވާ މިހާރު ކިޔަވަމަންގެންދާ ފަރާތަކުގެ ސްކީމަށެވެ.)

ރ. ދިވެހިރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 އިން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށް ވުން. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 އިން ފެށިގެން 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށް ވުން.

ބ. ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

ޅ. ފުރިހަމަ ކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓްގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.

ކ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް އެދޭ ކޯހެއްނަމަ، އެކޯހަކީ ކޯސް ހަދާ ޤައުމުގެ ލޯކަލް ކޯހެއްކަމުގައިވުން. (ލޯކަލް ކޯހެއްކަމުގައި ނުވާނަމަ އެކޯސް ހެދުމަށް ހުއްދަ ދެވޭނީ ލޯކަލް ކޯސްތަކަށްވުރެ ކޯހުގެ ޚަރަދު ކުޑަވާނަމައެވެ.)

އ. ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން

ވ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ނުވަތަ ލޯނުއެހީގެ ގޮތުގައި ފުރުޞަތު ލިބިގެން ކިޔެވުމުގެ ޚަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން.

މ. ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުން.

ފ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބްލެކްލިސްޓްކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓް ވެފައިވާ ފަރާތެއް ކަމުގައި ނުވުން.

ދ. ލޯނަށް އެދޭ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީ ނުވަތަ ޕެއިޑް ލީވް ނުވަތަ ލޯނުގެ ފުރުޞަތު ލިބިގެން ކިޔެވުމަށްފަހު ބޮންޑްގެ ޚިދުމަތަށް ރިޕޯޓްނުކުރާ ފަރާތެއް ކަމުގައި ނުވުން.

ތ. ލޯނަށް އެދޭ ފަރާތަކީ ލޯނުގެ ގޮތުގައި ނެގި ފައިސާ، ލޯނުއެހީ ނަގާއިރު ބޭންކް އޮފް މޯލްޑިވްސްއާއެކު ހަދާ އެއްބަސްވުމުގައިވާ ފަދައިން  ލޯނުއެހީ ނެގި ބޭންކަށް ދައްކަން އެއްބަސްވާ ފަރާތެއްކަމުގައިވުން.

ލ. ލޯނުއެހީއަށް އެދޭ ފަރާތުން ލޯނުފައިސާ އަނބުރާ ނުދައްކައިފިނަމަ، އެފައިސާ ދެއްކުމަށް ޖާމިނުވާ ގެރެންޓަރއެއްހުރުން.

ގ. ކިޔެވުމަށް ލޯނުއެހީ ހޯދުމަށް ހުށަހަޅާ ކޯހަކީ ކިޔެވުމަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް ހިންގާ ކޯހެއްކަމުގައިވުން.

ޏ. ރާއްޖެއިން ބޭރުގައި ކިޔަވަން އެދޭ ދަރިވަރެއްނަމަ، ކިޔަވަން އެދޭ ކޯހަކީ މި ލޯނު ސްކީމުގެ އެނެކްސް 7 ގައިވާ ލިސްޓުގައި ހިމެނޭ ކޯހެއްކަމުގައި ނުވުން.

ސ. ޢުމުރުން 18 އަހަރު ފުރިފައިވުން. (18 އަހަރު ނުވާ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަންވާނީ ޝަރުޢީ ބެލެނިވެރިޔެކެވެ.)

ޑ. ދިވެހި ރައްޔިތެއްކަމުގައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޝަރުޠުތައް

  • ވޭތުވެދިޔަ ތަނުގައި މަތީ ތަޢުލީމަށް މާލީއެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
  • ލޯނުއެހީގެ ފުރުޞަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، މި ލޯން ސްކީމްގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީންނެވެ.
  • އޮންލައިންކޮށް ނުވަތަ ފެކްސްގެ ޒަރިއްޔާއިން އެޕްލިކޭޝަން ފޯމު ހުށައެއްނޭޅޭނެއެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅާ ސެޓުފިކެޓުތަކުގެ ކޮޕީތައް ހުންނަންވާނީ އެކްރެޑިޓްކޮށް އަދި އެޓެސްޓް ކުރެވިފައެވެ. އެޓެސްޓްކުރުމަށްފަހު އެއިން ހައްދާ ކޮޕީ ބަލައެއްނުގަނެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބަލައެއްނުގަނެވޭނެއެވެ.
  • ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާއި އުސޫލުގެ އެނެކްސްތައް 8 ސެޕްޓެންބަރު 2015 އިން ފެށިގެން މިޑިޕާޓްމަންޓްގެ ވެބްސައިޓް (www.dhe.gov.mv) އިން ލިބެން ހުންނާނެއެވެ. ވީމާ، ލޯނުއެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލޯނުއެހީ ދޫކުރުމުގެ އުސޫލު ބެއްލެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
  • އެޕްލިކޭޝަން ޑިސްކޮލިފައި ނުވާނޭގޮތް ހެދުމަށްޓަކައި އެޕްލިކޭޝަންފޯމު ހިފައިގެން އަންނަ ފަރާތުގެ ހާޒިރުގައި އެޕްލިކޭޝަންފޯމާއެކު ހުންނަންޖެހޭ ތަކެތި ހަމަތޯ ބެލޭނެއެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ބޭނުންވާ ތަކެތި ހަމަނުވާނަމަ އެޕްލިކޭޝަންފޯމު ބަލައެއް ނުގަނެވޭނެއެވެ. އޮޅުމަކުން އެފަދަ އެޕްލިކޭޝަން ބަލައިގަނެވުނު ކަމުގައިވިއަސް އިޢުލާނުގައިވާ ޝަރުޠު ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • އެޕްލިކޭޝަން ބަލައިގަތުމަށްފަހު އެޕްލިކޭޝަންފޯމަށް ނުވަތަ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަދި އެފަރާތަށް އެހެން އެޕްލިކޭޝަނެއް ހުށައެއް ނޭޅޭނެއެވެ. ފޯމު ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން އެޕްލިކޭޝަނެއް ހުށަހަޅާނަމަ ކުރިން ހުށަހެޅި އެޕްލިކޭޝަން ކެންސަލްކުރުމަށް، ފަހުން ހުށަހަޅާ އެޕްލިކޭޝަނާއެކު ލިޔުމުން ހުށަހަޅަންވާނެއެވެ.
  • ފޯމު ބަލައިގަތުމުގެ އެންމެފަހުދުވަހު ފޯމު ހުށަހަޅަން އައުމުން، ފޯމުގައި ފުރިހަމަނުކުރެވޭ ބައެއްއޮތްނަމަ ނުވަތަ ފޯމު ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްނޫންނަމަ، ފޯމު ހުށަހެޅުމަށް އޮންނަ ވަގުތުގެ ތެރޭގައި، އަލުން ފޯމު ރަނގަޅުކޮށްގެން ފޯމުލުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަހާ ހަމައަށް މަޑުނުކޮށް ފޯމު ހުށަހެޅުމަށް ނަސޭހަތްތެރިވަމެވެ.
  • އެޕްލިކޭޝަން ފޯމުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއް ދީފައިވާކަން ސާބިތުވެއްޖެނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. ލޯނުއެހީ ހަމަޖެހުނުފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްވާނެއެވެ. ލޯނުއެހީގެ ދަށުން ކިޔަވަން ފަށާފަހުން މިކަން އެނގުނުކަމުގައިވިއަސް ލޯނުއެހީ ކެންސަލްކުރެވޭނެއެވެ. އަދި ލޯނުއެހީގެގޮތުގައި ދޫކޮށްފައިވާ ފައިސާ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކަންވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަށް ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.
  • ޕޮއިންޓްގެ ގޮތުން، ފަހުޖާގައަށް/ޖާގަތަކަށް ވާދަކުރާ ދަރިވަރުންގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ، މިޖާގަ/ޖާގަތަކަށް ލޯނުއެހީ ލިބޭ ދަރިވަރުން ހޮވާނީ ޤުރުޢަތުންނެވެ.
  • މި ސްކީމުގެ ދަށުން ލޯނުއެހީ ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި އުސޫލުގެ ހުރިހާ އެނެކްސްތަކަކީ މި އިޢުލާނުގެ ބައެކެވެ.

އިތުރު މަޢުލޫމާތު:

  • ލޯނުއެހީއަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް.

ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަންފޯމާއި އުސޫލު 8 ސެޕްޓެންބަރު 2015 އިން ފެށިގެން 30 ސެޕްޓެންބަރު 2015 ގެ ނިޔަލަށް، ހެނދުނު 8:30 އިން މެންދުރުފަހުގެ 14:45 އަށް، ވެލާނާގޭގެ 2 ވަނަ ތަޅުމުގައި ހުންނަ މިޑިޕާޓްމެންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިޑިޕާޓްމެންޓްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިޑިޕާޓްމެންޓްގެ ވެބްސައިޓަކީ: www.dhe.gov.mv އެވެ.
  • މި ސްކީމާއެކު އަޕްލޯޑު ކުރެވިފައިވާ ލިޔުންތަކަކީ:
  • އެޕްލިކޭޝަން ފޯމު.
  • މަތީ ތަޢުލީމުގެ ލޯނު ސްކީމް (އަލަށް ކިޔަވަން ފަށާ ދަރިވަރުން) – ސެޕްޓެންބަރު 2015 ގެ އުސޫލާއި އުސޫލުގެ އެނެކްސްތައް

އެޕްލިކޭޝަން ފޯމު ދޫކުރުން:

  • އެޕްލިކޭޝަންފޯމު ބަލައިގަތުން އޮންނާނީ 2015 އޮކްޓޫބަރުމަހުގެ 4 ން 8 އަށް ހެނދުނު 9.00 ން ފެށިގެން 15:00އާ ދެމެދު އެދުވަހަކަށް ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން، ވެލާނާގޭގެ ދެވަނަ ތަޅުމުގައެވެ.

ސުންގަޑި:

  • ކޮންމެ އެޕްލިކޭޝަން ފޯމަކާއެކު މިޑިޕާޓްމެންޓްގެ ކައުންޓަރުން ނަންބަރު ލިބިވަޑައިގަންނަވާނެއެވެ. ނަންބަރު ދޫކުރާނީ އެޕްލިކޭޝަން ފޯމު ދޫކުރާ މުއްދަތުގައި އެޕްލިކޭޝަން ފޯމާއެކުގައެވެ. އެޕްލިކޭޝަން ފޯމު ޑައުންލޯޑުކުރައްވާ ފަރާތްތަކަށްވެސް މިމުއްދަތުގައި މި ޑިޕާޓްމެންޓަށް ވަޑައިގަތުމުން ނަންބަރެއް ލިބިވަޑައިގަންނަވާނެއެވެ. ވީމާ، ހުރިހާ ފަރާތްތަކުންވެސް 30 ސެޕްޓެންބަރު 2015 ގެ ކުރިން، ނަންބަރެއް ނަންގަވަންވާނެއެވެ.

ނަންބަރު ދޫކުރުން:

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3341376، 3341388، 3341381 ފޯން ނަންބަރަށެވެ.

03 ސެޕްޓެންބަރު 2015
ހޯދާ