އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ޓްރެކް އަޅައި ދިނުން

މި ކައުންސިލްގެ އިއުލާނު ނަންބަރު (IUL)350-LH/350/2025/37 އާއި ގުޅިގެން ހުށައަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ އެއިއުލާނު ބާތިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

ބީލަމުގައި ބައިވެރިވުން

މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖޫން 2025 ވާ އަންގާރަ 11:00 ގެ ކުރިން ރަޖިސްޓޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected]  އަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އަދި މިގޮތުންދެވޭ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 25 ޖޫން 2025 ވާ ބުދަ ދުވަހުގެ  11:00ގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.

ބީލަން ފޮތުގެ ސެކްޝަން 2 ގެ 5ވަނަ ޕޮއިންޓުގައިވާ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް ލިޔުމެއްގައި ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާނަމަ "ޕަވަރ އޮފް އެޓާރނީ" (މިއީ ކޯޓުން ދޫކުރާ ލިޔުމެއް)ގެ ކޮޕީއެއް ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ. އަދި މި ފަރާތްތަކުން ބީލަމުގެ ލިޔުމެއްގައި ސޮއިކޮށްފައިވާއިރު "ޕަވަރ އޮފް އެޓާރނީ" ބީލަމާއެކު ހުށަނާޅާނަމަ އެ ބީލަމެއް ބާތިލް ވާނެއެވެ.

17 ޖޫން 2025
ހޯދާ