ދިވެހިރާއްޖެ
އިޢުލާން |
|||||
ރިސާރޗް ގްރާންޓް މެނޭޖްކުރުމުގެ ފުރުޞަތު |
|
ނަންބަރު: |
|||
17 ޖޫން 2025 |
ތާރީޚް: |
||||
ކުދި އަދި މެދު ފަންތީގެ ރިސާރޗް ގްރާންޓްތައް މެނޭޖުކުރާނެ އިންސްޓިޓިއުޝަންތައް ހޯދުމަށް |
|||||
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި އޮންނަ ޤައުމީ ދިރާސާ ފަންޑުން ކުދި އަދި މެދު ފަންތީގެ ރިސާރޗް ގްރާންޓްސްގެ ދަށުން ގްރާންޓްސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ޤައުމީ ދިރާސާ ކައުންސިލާއި ގުޅިގެން ފީއަކާނުލާ މި ގްރާންޓްތައް މެނޭޖްކުރުމުގައި ޙަރަކާތްތެރިވާނެ، ރިސާރޗް ގްރާންޓް މެނޭޖަރުން ހޯދަން ބޭނުންވެއެވެ. ގްރާންޓްސް ދޫކުރުމަށް ހަމަޖެހިފައިވަނީ، ކުދި އަދި މެދު ފަންތީގެ ރިސާރޗް ގްރާންޓްތަކުގެ ދަށުން ފަންޑުކުރެވޭ ރިސާރޗް މަޝްރޫޢުތައް ހިންގައި، މޮނިޓަރކުރުމުގެ ހަރުދަނާ ގަވަރނަންސްގެ ނިޒާމްތައް ގާއިމުވެފައި ހުރުމާއެކު މެނޭޖްމަންޓްގެ ޤާބިލުކަންހުރި ފަރާތްތަކެއް މެދުވެރިކޮށެވެ. މިހާރު ވެސް ރާއްޖޭގައި ރިސާރޗް ހަދަމުންދާ، އަދި ރިސާރޗް އިންސްޓިޓިއުޓްތައް ގާއިމުކޮށް ރިސާރޗް ދޫކޮށްފައިވާ މަރުކަޒުތަކުން މި ކަމަށް އެދި ކުރިމަތިލެވޭނެއެވެ. |
ތައާރަފް |
||||
- ރިސާރޗް ގްރާންޓް މެނޭޖަރުންގެ ގޮތުގައި މަސައްކަތްކުރާނެ މުއައްސަސާތައް ދެނެގަތުން. - ޤައުމީ ދިރާސާ ފަންޑުން ދޫކުރާ ރިސާރޗް ގްރާންޓް މެދުވެރިކޮށް ރިސާރޗް އިންސްޓިޓިއުޝަންތަކުގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ފަންޑު ދޫކުރުމުގެ މަސައްކަތް ފުޅާކޮށް އެތަންތަނުން ކުރެވޭ ރިސާރޗް މަސައްކަތްތައް ހަރުދަނާކުރުމަށް އެހީވުން. - ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން އިސްކަންދޭ ކަންތައްތަކާ އެއްގޮތަށް، ރިސާރޗް ފަންޑިންގ ހަރުދަނާ އަދި ލާމަރުކަޒީ ގޮތެއްގައި މެނޭޖްކުރުން. |
މަޤްޞަދު |
||||
މި އިޢުލާނުގެ ދަށުން، ރިސާރޗް ގްރާންޓްތައް މެނޭޖަރުންގެ ގޮތުގައި ހޮވަން ހަމަޖެހިފައިވަނީ 3 އިންސްޓިޓިއުޝަނެވެ. ކޮންމެ އިންސްޓިޓިއުޝަނަކަށްވެސް މެނޭޖްކުރުމަށް ހަވާލުކުރެވޭނީ، ގިނަވެގެން 1.5 މިލިއަން ދިވެހި ރުފިޔާގެ ފަންޑެއް ބެލެހެއްޓުމުގެ ޒިންމާއެވެ. ކޮންމެ ރިސާރޗް ގްރާންޓް މެނޭޖުކުރާ އިންސްޓިޓިއުޓަކާ ވެސް ހަވާލުކުރެވޭނީ، ކުދި އަދި މެދު ފަންތީގެ 5 ރިސާރޗް ގްރާންޓް މެނޭޖުކުރުމަށެވެ. އަދި ގްރާންޓުގެ ގޮތުގައި ކޮންމެ ރިސާރޗް ޕްރޮގްރާމަކަށް ދޫކުރާނީ ގިނަވެގެން 5 ލައްކަ ދިވެހި ރުފިޔާއެވެ. |
ބޭނުންވާ ރިސާރޗް ގްރާންޓްތައް މެނޭޖުކުރާނެ އިންސްޓިޓިއުޝަންތަކުގެ އަދަދާއި ގްރާންޓަށް ދޫކުރެވޭނެ މިންވަރު |
||||
ގްރާންޓް މެނޭޖަރުން އަންނަނިވި ކަންކަމަށް ޒިންމާވާންޖެހޭނެއެވެ: - ދޫކުރެވޭ ގްރާންޓާ އެއްގޮތަށް ރިސާރޗް ޕްރޮޕޯސަލްތަކަށް ހުޅުވައިލުން. - ޤައުމީ ދިރާސާ ކައުންސިލްގެ މަޝްވަރާއާއެކު ކަމާގުޅޭ ޑޮކިއުމަންޓްތައް ހިއްސާކުރުން. - ޕްރޮޕޯސަލްތައް ބަލައިގަނެ، ރިވިއުކޮށް، އިވެލުއޭޓްކޮށް، ގްރާންޓް ދޫކުރާނެ ޕްރޮޖެކްޓުތަކާއި ރިސާރޗަރުން ކަނޑައެޅުން. - ރިސާރޗްކުރާ ފަރާތްތަކަށް ކޮންޓްރެކްޓްކޮށް ޤައުމީ ދިރާސާ ކައުންސިލާއެކު އެއްބަސްވެފައިވާ ގޮތަށް ފައިސާދޫކުރުން. - ރިސާރޗްކުރާ ފަރާތްތަކުގެ މަސައްކަތް ޓެކްނިކަލީ އަދި ފައިނޭންޝަލީ ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން. - މައްސަލައެއް ދިމާވެއްޖެނަމަ ޤައުމީ ދިރާސާ ކައުންސިލްގެ ސަމާލުކަމަށް ގެނައުން. - ކުރިއަށްދާ ގޮތް ކަނޑައެޅިފައިވާ ގޮތަށް ރިޕޯޓްކުރުން. - ފަންޑްކުރެވޭ ރިސާރޗް ޕްރޮޖެކްޓްތަކުގެ ފަންނީ އަދި އިދާރީ ކަންކަން ބެލެހެއްޓުން. - މާލީ އަދި ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރުކުރުން. - ޕްރޮޖެކްޓް ރިޕޯޓިންގ އަދި މައިލްސްޓޯންތައް ޓްރެކްކޮށް ގަވާއިދުން ރިޕޯޓްތައް ޤައުމީ ދިރާސާ ކައުންސިލަށް ހުށަހެޅުން. - ރިސާރޗްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމާއި މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހިކުރުން. |
ރިސާރޗް ގްރާންޓްތައް މެނޭޖުކުރާ އިންސްޓިޓިއުޝަންތަކުގެ ދައުރާއި މަސްއޫލިއްޔަތުތައް |
||||
- ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ނުވަތަ ކަމާގުޅޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ، ރިސާރޗް މަސައްކަތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ މަރުކަޒެއް ކަމުގައިވުމާއިއެކު، ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި އެތަނުން ދިރާސާ ކުރުމުގެ މަސައްކަތްކޮށްފައިވުން. - ރިސާރޗް ޕްރޮޖެކްޓެއް ބެލެހެއްޓޭނެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ހުރުން. - މަރުކަޒުގެ ފަރާތުން ދޫކުރާ ރިސާރޗް ގްރާންޓް ނުވަތަ ބޭރުގެ ފަރާތަކުން ލިބިފައިވާ ރިސާރޗް ގްރާންޓް މެދުވެރިކޮށް، ރިސާރޗްކުރުމަށް ފަންޑް ދޫކުރުމުގެ މަސައްކަތް، މަރުކަޒީގޮތުން ގާއިމުކުރެވިފައިވާ އިންތިޒާމެއްގެ ތެރެއިން މެނޭޖްކޮށްފައިވުން. - ރިސާރޗް ގްރާންޓް މެނޭޖްކުރުމާ ގުޅޭ ޕޮލިސީތައް ގާއިމްކުރެވި އެ ޕޮލިސީތަކުގެ ދަށުން މަސައްކަތްކުރާ ތަނެއް ކަމުގައިވުން. - ފައިނެންޝަލް ކޮމްޕްލަޔަންސް އޮޑިޓް ނިޒާމެއް ގާއިމުވެފައިވާ މަރުކަޒެއް ކަމުގައިވުން. - ޕިއަރ-ރިވިއު ކުރެވިފައިވާ ރިސާރޗްތައް ކޮށްފައިވުން. - ޤައުމީ/ބައިނަލްއަޤުވާމީ ރިސާރޗް ކޮންފަރެންސްތައް އިންތިޒާމުކޮށް ހިންގާފައިވުން. - ހާމަކަން ބޮޑު އަދި ޒިންމާދާރު މާލީ ހިންގުމުގެ ނިޒާމެއް ޤާއިމުކުރެވިފައިވުން. - ރިސާރޗް ގްރާންޓްތަކުގެ ބަޖެޓް ހެދުމާއި، ފައިސާ ދޫކުރުމާއި، އޮޑިޓްކުރުމުގެ ޤާބިލުކަންހުރުން. - ރިސާރޗް މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިދާރީ އޮނިގަނޑަކާއި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލެވިފައިވުން. - ރިސާރޗަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތު ރައްކާކުރާ ނިޒާމާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެންހުރުން. |
ރިސާރޗް ގްރާންޓްތައް މެނޭޖުކުރަން ހުށަހަޅާ އިންސްޓިޓިއުޝަންތަކުގެ ޝަރުތުތައް |
||||
- މުއައްސަސާގެ އެންމެ އިސްފަރާތުން ސޮއިކޮށް ހުށަހަޅާ، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ސިޓީ. - ޕްރޮޕޯސަލް: ޕްރޮޕޯސަލް ހުށަހަޅާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުންނެވެ. ޕްރޮޕޯސަލްގައި ހިމަނަންވާ މައިގަނޑު ބައިތަކާޢި ކަންކަމާއި ލިޔެކިޔުންތައް ތިރީގައި މިވަނީއެވެ. - ކަމާބެހޭ ފަރާތުގައި ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒެއްކަން އަންގައިދޭ ރަޖިސްޓަރީ ނުވަތަ ޑޮކިއުމަންޓް. - އިންސްޓިޓިއުޝަންގެ ޕްރޮފައިލް - ރިސާރޗް މަސައްކަތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ މަރުކަޒެއް ކަމާއި، ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި އެތަނުން ރިސާޗް މަސައްކަތްކޮށްފައިވާކަން އަންގައިދޭ ލިޔެކިޔުން. - ރިސާރޗް ގްރާންޓް މެނޭޖްކުރުމާ ގުޅޭ ޕޮލިސީތައް ހުރިކަން އަންގައިދޭ ލިޔެކިޔުން. - ޕިއަރ-ރިވިއު ކުރެވިފައިވާ ދިރާސާތައް ކޮށްފައިވާކަން ކަށަވަރުކޮށްދިނުން. - ހާމަކަން ބޮޑު އަދި ޒިންމާދާރު މާލީ ހިންގުމުގެ ނިޒާމެއް ޤާއިމުކުރެވިފައިވާކަން ކަށަވަރުކޮށްދިނުން. - ޤައުމީ/ބައިނަލްއަޤުވާމީ ރިސާރޗް ކޮންފަރެންސްތައް އިންތިޒާމުކޮށް ހިންގާފައިވާކަން ކަށަވަރުކޮށްދިނުން. - ރިސާރޗް ގްރާންޓްތަކުގެ ބަޖެޓް ހެދުމާއި، ފައިސާ ދޫކުރުމާއި، އޮޑިޓްކުރުމުގެ ޤާބިލުކަންހުރިކަން ކަށަވަރުކޮށްދިނުން. - ރިސާރޗް މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިދާރީ އޮނިގަނޑަކާއި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލެވިފައިވާކަން ކަށަވަރުކޮށްދިނުން. - ރިސާރޗަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތު ރައްކާކުރާ ނިޒާމާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބެންހުރިކަން ކަށަވަރުކޮށްދިނުން. - ތަނުގެ އެންމެ ފަހުގެ އަހަރީ ދިރާސާ ރިޕޯޓު، މާލީ އޮޑިޓް ރިޕޯޓު، ރިސާރޗް މުވައްޒަފުންގެ ވަނަވަރު އަދި ހިންގުމުގެ އުސޫލުތައް. - ކުރީގައި ރިސާރޗް މަޝްރޫޢުތައް ނުވަތަ ގްރާންޓްތައް ބެލެހެއްޓުމުގައި ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދޭ ލިޔެކިޔުންތައް. - މަރުކަޒުގެ ރިސާރޗް މަސައްކަތްތަކާ ގުޅޭ އޮނިގަނޑު - މީގެ ކުރިން މެނޭޖްކޮށްފައިވާ ގްރާންޓްތަކުގެ މަޢުލޫމާތު (ގްރާންޓްތަކުގެ އަދަދު، ފަންޑުކުރި ފަރާތް، ކޮން ދާއިރާތަކެއްގެ ރިސާރޗްތަކެއް ކަން). |
ހުށަހަޅަންޖެހޭ ތަކެތި |
||||
25% |
ތަޖުރިބާ |
ޕްރޮޕޯސަލް އަށް ޕޮއިންޓް ދެވޭނެގޮތް |
|||
20% |
މުވައްޒަފުންގެ ޤާބިލުކަން |
||||
25% |
ގްރާންޓް މެނޭޖްމެންޓް ޕްލޭން |
||||
15% |
ފައިނޭންޝަލް މެނޭޖްމެންޓް ޕްލޭން |
||||
15% |
ޕާސްޓް ގްރާންޓް މެނޭޖްމެންޓް ޕާރފޮމެންސް |
||||
- ކުރިމަތިލާފައިވާ،ޝަރުޠުފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތް ހަވާލުކުރުމަށް މެނޭޖަރުން ހޮވާނީ، ޤައުމީ ދިރާސާ ކައުންސިލުންނެވެ. މަސައްކަތް ހަވާލުކުރެވޭނީ، ޤައުމީ ދިރާސާ ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް، މެނޭޖަރުންގެ ގޮތުގައި ކަނޑައެޅޭ ފަރާތްތަކާއި ޤައުމީ ދިރާސާ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. - އިޢުލާނުގެ ސުންގަޑި ހަމަވާފަހުން ފޮނުވާ ހުށަހެޅުންތަކާއި، ލިޔެކިޔުން ފުރިހަމަނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ. - ސުންގަޑިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކަށް އެޕްލިކޭޝަނާ މެދު ނިމުނު ގޮތް އަންގާނެއެވެ. |
އިތުރު މަޢުލޫމާތު |
||||
ސުންގަޑި: 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން |
|||||
އެޕްލިކޭޝަން ހުށަހަޅާނީ: ހުރިހާ ލިޔެކިޔުންތަކެއް ޕީޑީއެފް (PDF) ފޯމެޓްގައި، [email protected] އީމެއިލް އެޑްރެހަށެވެ. |
|||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |