ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

މަޤާމު

އެޓެންޑެންޓް

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/1200 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

މިނިމަމްވޭޖް އެލަވަންސް:

މަހަކު -/613 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 1215/- ރުފިޔާ

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އައުޓްސޯސް ކޮށްގެން ހޮސްޕިޓަލް ސާފުކުރުމަށް ޙަވާލުވެފައިވާ ފަރާތުން ހޮސްޕިޓަލުގެ އެތެރެއާއި  ހޮސްޕިޓަލުގެ ގޯތިތެރެ އަދި ފާޚާނާ ތަކާއި، ޑޮކްޓަރުންގެ ކޮޓަރިތައް ސާފުކުރާގޮތް ޗެކްކޮށް، އެމީހުން ސާފުކުރާ ގަޑިތަކުގައި ޑިއުޓީގައި ހުރި މުވައްޒަފަކު އެތަނަށްގޮސް ސާފުކުރަނީ ރަގަޅަށްތޯބެލުމާއި، އަދި އެތަން ތަނުގައި ހުންނަ ލައިޓް ތަކާއި އެހެނިން ތަކެތި ހުރީ ރަގަޅައްތޯ ބަލާ ޗެކުކޮށް ހަލާކުވެފައި އެއްޗެއް ހުރިނަމައެކަން ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  2.  ޑޮކްޓަރުންގެ ކޮޓަރި ތަކުގެ މޭޒު އަދި ޓްރޭފަދަ ތަކެތި  ފޮހެ ސާފުކޮށް ޑޮކްޓަރުންގެ ކޮޓަރީގައި ހުންނަ ބެޑުތަކުގައި ބެޑު އެޅުން.
  3. ހޮސްޕިޓަލްގެ އެތެރެއާއި ހޮސްޕިޓަލްގެ ގޯތިތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުން. އެގޮތުން ފާޚާނާތަކާއި ޑޮކްޓަރުންގެ ކޮޓަރިތައް ހަޑިވެފައި ހުރިނަމަ ސާފުކުރުން.
  4. ހޮސްޕިޓަލުގެ އެތެރޭގައި ހުންނަ ޕޭޝަންޓް ފާޚާނާ އާއި މުވައްޒަފުންގެ ފާޚާނާ ތަކަށް ސައިބޯނި ފުޅި ހުސްވުމުން ސައިބޯނި ފުޅި ލުމާއި، އަދި ހޮސްޕިޓަލުގެ އެކި އޭރިޔާ ތަކުގައި ސްޓެރީލިއަމް ފުޅި ހަރުކޮށްފައި ހުންނަ ތަންތަނުގައި ސްޓެރީލިއަމް ފުޅިހުސްވެފަހުރިތޯ ބަލާ ޗެކުކޮށް ، ހުސްވުމުން ހުސްވެފައި ހުރި ތަންތަނަށް އާސްޓެރީލިއަމް ފުޅިބަދަލުކުރުކުރުން.
  5. ތިންބުރި އިމާރާތުގައި ހުންނަ ލޮލުގެ ކްލިނިކް އާއި ސްޕީޗް ތެރަޕީ ރޫމް ފޮހެ ސާފުކުރުމާއި އެރޫމް ތަކުގައި ހުރި މޭޒު، ގޮނޑި، އެނދުތަކާއި މެޝިންތައް ފޮހެ ސާފު ކުރުމާ ބެޑްއެޅުން ،އަދި ދެވަނަ ފަންގިފިލާގެ ޕްރައިވެޓް ކޮޓަރިތައް ހުންނަ އޭރިޔާ ސާފުކުރުވުން.
  6. ހޮސްޕިޓަލުގެ އެކަމަޑޭޝަން ފުލެޓްތައް ހުސްވުމުން އެތަން ސާފުކުރުވާ، ހުސްވާ ފްލެޓްތަކަށް އަލަށް އަންނަޑޮކްޓަރުންނަށް ބޭނުންވާ ތަކެތި އެޑްމިންސްޓްރޭޝަން އޮފީހުގެ ލާފާގެ މަތިން ސުޕަވައިޒަރާ މަޝްވަރާކޮށްގެން، ހަމަކޮށްދީ ތަންތައްޔާރުކުރުން.
  7. ހޮސްޕިޓަލުގެ އެޑްމިންސްޓްރޭޝަން އޮފީސް،އަދި އެތަނުގެ މީޓީންގ ރޫމްތައް ހަމަޖެހިފައިވާ އުޞޫލުގެ މަތީން ސާފުކުރުވުމާއި، އަދި މޭޒު ،ގޮނޑި، ފަދަ ތަކެތި ފޮހެ ސާފުކޮށް، އެތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  8. ހޮސްޕިޓަލުގެ ފަރާތުން ރާވާ ނުވަތަ ބައިވެރިވާ އެކިއެކި ބައްދަލުވުންތަކާއި، އިވެންޓްތަކުގެ އިންތިޒާމް އަންގާ ގޮތެއްގެ މަތީން ހަމަޖެއްސުން.
  9. ވޯޑުތަކުގަޔާއި ބޭސްއަޅައިދޭ ކޮޓަރި ފަދަ ތަންތަނުގައި ބޭނުންކުރެވޭ އާލާތްތައް އޮޓޯކްލޭވް ކުރުމަށް ގެންގޮސް ގެނައުން
  10. ވޯޑުގައި ހުންނަ ބަލިމީހުންނަށް ބޭނުންކުރާ އާލާތްތައް ދޮވެ ސާފުކުރުމާއި ވޯޑްތެރެ ސާފުކޮށް ބެލެހެއްޓުން
  11. ނަރުހުން އަދި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، އެޑްމިޓްކޮށްފައިތިބޭ ބަލިމީހުން އުފުލަންޖެހޭ ޙާލަތްތަކުގައި އުފުލައިގެން ހޮސްޕިޓަލްގެ ސަރވިސް އޭރިއާތަކަށް ގެންގޮސްގެނައުން
  12. ލެބޯޓްރީ އަށް ގެންދަންޖެހޭ ސާމްޕަލްތައް ލެބޯޓްރީއަށް ގެންދިއުން
  13. ޞިއްޙީ ކުއްލި އިމަޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން
  14. ލެބޯޓްރީގައި ބޭނުންކުރާ ތަކެތި ދޮވެ ސާފުކުރުން.
  15. ޓެސްޓްތަކުގެ ނަތީޖާ ވޯޑުތަކަށް ގެންދިއުން
  16. ލެބޯޓްރީ ސާމްޕަލް އައި.ޖީ.އެމް.އެޗް އަށް ގެންދިއުން
  17. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.
  1. ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސް ގެނައުން
  2.  އެނދުމަތި ކުރެވިފައިތިބޭ ބަލިމީހުން ސްޓްރެޗަރ އަށް އަރުވާ، ސްކޭންކޮށް އަދި އެކްސްރޭ ނެގުމަށް ގެންދަންޖެހޭ ތަންތަނަށް ގެންގޮސް ދިނުން
  3. ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  1. ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  2. ވޯރޑްތަކުންގެންނަތަކެތި ލޯންޑްރީ ރިސިޓްގައި ލިޔެގެން ގެންނަ ޢަދަދަށް ހުރިތޯބެލުމާއި އެޢަދަދަށް ތަކެތިހުރިނަމަ އެތަކެތި ބަލައިގަނެ އެތަކެތި ގެނައި ގަޑއާއި ތާރީޚް އަދި ބަލައިގަތްފަރާތުގެ ނަންޖެހުން. އިތުރުމައްސަލައެއް ފާހަގަ ކުރެވޭނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން.
  3. ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުން
  4. ލޯންޑްރީގެ މެޝިންތަކަށް ތަކެތިއެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކި ކެމިކަލްސް އަޅަން ކަޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސްޕަރވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.
  5. އެއްވެސް މެޝެނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސްޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން ބަޔޯހަޒާރޑް ޓޭންކުތަކާއި މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
  6.  ދޮވެނިމިގެން ގެންނަތަކެތި ހިއްކާމެޝިންތަކަށް އެމެޝިނަކަށް އެޅުމަށް ކަނޑައެޅިފައިވާ މިންވަރަށް ޑިއުޓީ ސްޕަރވައިޒަރުގެ އިރުޝާދުގެ މަތިން ތަކެތި އަޅައިގެން ހިއްކުން. މެޝިނަށް ތަކެތި އަޅަމުންދާއިރު ލަށް ނުފިލާހުންނަތަކެތި ފާހަގަކޮށް އެތަކެތި ނެގުން.ހިއްކާ މެޝިނުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑިއުޓީ ސްޕަރވައިޒަރަށް އެކަން އެންގުން.

މަޤާމުގެ ޝަރުތު

  1. 1.     ލިޔަންކިޔަން އެގުން ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  5. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖޫން 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]   އަށެވެ

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

17 ޖޫން 2025
ހޯދާ