މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ:

1-       މިރަށު މަސްޖިދުލް ޙަޟާރާ 2 ބޮޑުދޮރު ނަގައި 1 ދޮރުދާރަ ތަޅައި ދޮރުދާރަ އަލުން ހަދައި 2 ބޮޑުދޮރާއި ދޮރުފަތް ހަރުކުރަން ބޭނުންވެއްޖެއެވެ.

2-       މިމަސައްކަތް ކުރުމުގެ ސަބަބުން ކުލަލާންޖެހޭ އެންމެހާ ތަންތަނުގައި ނިޕޯން ބްރޭންޑްގެ ހުދުކުލަ ރީތިކޮށް ލާންވާނެއެވެ.

3-       ދޮރާއި ދޮރުފަތް ހަރުކުރުމަށްފަހު ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.

4-       ދޮރާއި ދޮރުފަތް ހެދުމަށް ބޭނުންވާ ކުރެހުމާއިއެކުވާ މަޢުލޫމާތު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

5-       ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

6-       ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

7-       ކޯޓޭޝަން ހުށަހަޅާނީ 24 ޖޫން 2025 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މިއިދާރާއަށެވެ.

17 ޖޫން 2025
ހޯދާ