ދިވެހިރާއްޖެ
އިޢުލާން
ނ. މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލުގެ ނަމްބަރ 287/287/2025/22(IUL) (02 ޖޫން 2025 ) އިޢްލާނާއި ގުޅިގެން، ނ.މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢްލާނު ބާޠިލްކޮށް، ނ. މާޅެންދޫ ސިއްޙީ މަރުކަޒުގެ ރިސެޕްޝަން ކައުންޓަރ ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއްލާނުކުރީމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2025 ވާބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މި މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 22 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ނ.މާޅެންދޫ ސިއްޙީ މަރުކަޒުގައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިކައުންސިލުގެ 6560026 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.