އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަންޑާރަގޯތި ދޫކުރުމަށް ކޮމެޓީއެއް އެކުލަވާލުމާބެހޭ
އއ.ތޮއްޑޫއިން ބަންޑާރަގޯތި ދިނުމުގެ މަސައްކަތްތައް ކުރުމަށް ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވެއެވެ. ކޮމެޓީއަށް މެންބަރުން
ހޮވުމުގައިކުރިމަތިލައްވާ ބޭފުޅުންގެ ތަޢުލީމާއި، ތަޖުރިބާ އަދި މަސައްކަތަށް ވަގުތުދެވޭ މިންވަރަށް ބެލޭނެއެވެ.
ޝަރުޠު : 1. ގޯތި ދިނުމަށް އިޢުލާންކުރުމުން އެކަމަށް އެދި ހުށަނާޅާނެ ފަރާތަކަށްވުން.
2 . ގޯތި ދިނުމުގެ މަސައްކަތް ފެށިގެން ނިމުމާ ހަމައަށް ކޮމެޓީގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.
- ބޭނުންވާ ޢަދަދު : 5 (ފަހެއް)
ވީމާ، މިކޮމިޓީގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން މިހިނގާ ޖޫންމަހުގެ 30 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށައެޅުއްވުން
އެދެމެވެ. މިކަމަށްއެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުން ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ
ނަންބަރު 6660537 ފޯނާ ގުޅުއްވުން އެދެމެވެ.
17 ޖޫން 2025
ހޯދާ