ދިވެހިރާއްޖެ
ހއ.އިހަވަންދޫކައުންސިލްގެނަންބަރު(PP)248-ESMSED/248/2024/04ހއ.އިހަވަންދޫ ރަށްވެހިހިޔާ ކުއްޔަށް ދޫކުރުމުގެ އުޞޫލު އަންނަނިވި ގޮތަށް އިސްލާހުކުރުން.
- ބުނެވި ދިޔަ އުޞޫލުގެ 3 ވަނަ މާއްދާ (ކުއްޔަށް ދޫކުރުން) ގެ (އ) އަށް (6) އިތުރުކުރުން.
3. ކުއްޔަށް ދޫކުރުން: (އ) އިހަވަންދޫ ކައުންސިލްގެ ބޭނުމަށް ރަށްވެހިހިޔާ އާއި ގުޅިފައިވާ ޢިމާރަތްތަކާއި ތަންތަން، އަގަކާއިނުލައި ދެވޭނީ މި މާއްދާގެ (1) (2) (3) (4 (5) (6) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(6) އާންމުންގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައެއް ހައްލުކުރުމަށް
އާންމުގެ މަސްލަހަތާއި ގުޅުންހުރި މައްސަލައެއް ހައްލުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަމާއި ގުޅޭ މަސައްކަތަށް ނުވަތަ ޚިދުމަތެއް ދިނުމަށް، ކައުންސިލުން ނިންމަވައިފި ހިނދެއްގައި ރަށްވެހިހިޔާ އިން ކޮޓަރިއާއި ކޮންފަރެސް ހޯލް އަގަކާއި ނުލައި ދޫކުރެވިދާނެއެވެ.
- މި އިސްލާހަށް ޢަމަލުކުރަން ފަށާނީ 04 ޖޫން 2025 އިން ފެށިގެންނެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.