ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު:     

އޮފީސް އެސިސްޓެންޓް

ސެކްޝަން

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭނުންވާ އަދަދު:

01  ( އެކެއް )

ރޭންކް:                

SS 2

މަޤާމުގެ ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
  • މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، SS1 ރޭންކްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއުގައި ސާބިތު ކޮށްދޭންޖެހޭ ޤާބިލުކަން

މިމަޤާމުގައި ސިޓީއާއި ތަކެތި ބެހުމުގެ އިތުރުން ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން "ހާޒިރުވުމުގެ އަމުރު" ތަފާތު ފަރާތްތަކަށް ތަފާތު ގަޑިތަކުގައި ރައްދުކުރަން ޖެހުމާއި އަދި އޮފީހުގެ މެއިންޓަނަންސާއި ބެލެހެއްޓުމުގެ ކަންކަމުގައި އެހީތެރިވާންޖެހޭ މަޤާމެއްކަމުން ތިރީގައިވާ ސިފަތަކާއި ޤާބިލުކަން ހުރިތޯ ވަޒަން ކުރެވޭނެއެވެ.

  • ތަފާތު މީހުންނާ ތަފާތު ހާލަތްތަކުގައި މުޢާމަލާތުކުރުމުގެ ހުނަރު ހުރުން
  • ކެރުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރާ މިންވަރު
  • އުސްތަންތަނަށް އަރައި އުޅެވޭފަދަ ޙަރަކާތްތެރި މީހެއްކަމަށް ސާބިތުކޮށްދިނުން
  • ނުރަސްމީގަޑީގަ އާއި ބަންދުދުވަސްތަކުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  • ހުޅުމާލެއަށާއި ވިލިގިއްޔަށް އަދި ތިލަފުށި ފަދަ ތަންތަނަށް ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ލިޔުންތައް ޙަވާލުކުރަން ގޮސްއުޅެވޭނެ ފަދަ މީހަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސިޓީއާއި ނޯޓް، ޗިޓް އަދި އެހެނިހެން ލިޔެކިޔުންތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  •  ފޮޅައި ސާފުކުރުމުގައި އެހީތެރިވެ ދިނުމާއި، އޮފީހުގެ ދޫލައަޅާފައިވާ ތަންތަން ވެކިއުމް ކުރުން.
  • އޮފީހުގެ ބޭނުމަށް ހޯދާ ތަކެތި އޮފީހަށް ގެނައުމާ، އޮފީހުގައި ބޭނުންކުރާ ތަކެއްޗަށް މައްސަލަ އެއްދިމާވެގެން އެއެއްޗެއް މަރާމާތުކުރާ ތަނަކަށް ގެންދިޔުމަށާއި އެތަކެތި އަނބުރާ އޮފީހަށް ގެނައުން.
  • އޮފީހުގެ ފަރުނީޗަރތަކާއި އިކުއިޕްމަންޓްސް އެއްތަނުން އަނެއްތަނަށް (ސިޑިންމައްޗަށާއި ތިރިއަށް) ބަދަލުކުރާއިރު މި ތަކެތި އުފުލުމުގައި ޢަމަލީގޮތުން ބައިވެރިވުން
  • އޮފީހުގެ ދިދައާއި، ޤައުމީ ދިދަ ނެގުމާއި، ތިރިކުރުމާއި، ބަދަލުކުރުން.
  • ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތެއް ކުރަންޖެހިއްޖެނަމަ އެމަސައްކަތެއްކުރުން.
  • މީގެ އިތުރުން ވެރިންއަންގަވާ އޮފީހުގެ ރަސްމީމަސައްކަތް ކުރުމާ، ނުރަސްމީ ގަޑީގައި ވެސް ވެރިންއަންގަވާ ރަސްމީމަސައްކަތް ކުރުން.

މުސާރަ:

-/3470ރ. (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ )

އެލަވަންސްތަކާއި އިނާޔަތްތައް: 

ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރ (އެއްހާސް ރުފިޔާ)، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2850ރ (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އާއި ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 އާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީއެވެ.
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)
  7. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓު އަދި މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނެ ފަދަ ލިޔުމެއް ހުށަހެޅުން
  8. ވަޒީފާ އަދާކުރައްވާ ފަރާތެއްކަމުގައިވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި: 14 ސެޕްޓެންބަރު 2015 ގެ 14.00

ނޯޓު: މަތީގައިވާ މަޤާމުތަކަށް އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރައްވަންޖެހޭ ފޯމު ހައިކޯޓުގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www.highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3325029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

18 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015
ހޯދާ