މަޤާމު
|
މުނިސިޕަލް ސާރވިސް އޮފިސަރ
|
ބޭނުންވާ އަދަދު
|
1
|
މަޤާމު އޮތް އޮފީސް
|
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
|
ސެކްޝަން
|
އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ބޯހިމެނުމާއި، އިލެކްޝަނާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް
- ބިންބިމާއި ގޯތި ގެދޮރާއި މަގުތަށް ފާހަގަ ކުރުމުގެ މަސައްކަތްކުރުމާއި، އެފަދަތަންތައް ރަޖިސްޓްރީ ކުރުމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް
- ގޯތި ގޯއްޗާއި ބިންބިމުގައި ވަޅުފަދަތަންތަން ކޮނުމަށާއި މަގު ކޮނުމަށް ދޭންޖެހޭ ހުއްދަތައް ދިނުމާބެހޭ މަސައްކަތް
- ހައުސިންގ ސްކީމުގެ ދަށުން ދޫކުރެވޭ ލޯނުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައް
- ރުއްގަސްރަޖިސްޓްރީ ކުރުމާބެހޭގޮތުން ކުރަންޖެހޭކަންތައް
- ރަހުނު އެގްރީމެންޓު ރަޖިސްޓްރީކުރާމާބެހޭ މަސައްކަތް
- ކައުންސިލުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީޢަތަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތާއި ކުށުގެ ރެކޯޑު ބެލެހެއްޓުމާބެހޭ ކަންތައް
- ބަންދު ކުރަންޖެހޭ މީހުނާ ބެހޭގޮތުން އޮފީހުން ކުރަންޖެހޭ ކަންތައްތައް.
- އުފަންވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓް،އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައިކަންތައްތައް
- ކާކުކަން އަންގައިދޭ ލިޔުމާއި، އުފަންތާރީޚް އަންގައިދޭ ލިޔުން ފަދަ ލިޔުންތައް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް
- ކަށުކަމާކެމީގެ ރިކޯޑު ބެލެހެއްޓެވުމާއި ހަދަންޖެހޭ ރިޕޯޓު ގެ މަސައްކަތް
- ވިހާ މަރުވާގެ ރިކޯޑް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންތައް.
- ގޭގެއަށް ކިޔާ ނަން ފާސްކުރުމާއި ރަށްވެހިންގެ ރަޖިސްޓްރީ ހެދުން.
- އޮފީސް ހުޅުވާ ލެއްޕުމުގެ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް.
|
މަޤާމު
|
ރޭންކް
|
ކްލެސިފިކޭޝާން
|
ޝަރުޠު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
މުނިސިޕަލް ސާރވިސް އޮފިސަރ
|
އެމް.އެސް 1
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
- އޮފީސް މެނޭޖްމެންޓް/ އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް ނުވަތަ ވެރިން ތަމްރީނުކުރާކޯސް ނުވަތަ އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އޮފީސް މެނޭޖްމެންޓް/އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމެންޓް ނުވަތަ ވެރިން ތަމްރީނުކުރާކޯސް ނުވަތަ އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- އޮފީސް މެނޭޖްމެންޓް/ އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމެންޓް ނުވަތަ ވެރިން ތަމްރީނުކުރާކޯސް ނުވަތަ އިޖްތިމާއީ ޚިދުމަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
5610.00
|
2000.00
|
އެހެނިހެން އިނާޔަތްތައް:
|
މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ، އަދި އިންޓަވިއު އަށް ބެލޭނެއެވެ.
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރު ކުރާ ފޯމު (އެޕްލިކޭޝަން ފޯމާއި އެކު ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރު ކުރާ ފޯމު ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ހުރިހާ ތަޢުލީމާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރުބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ)ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އެގޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ އަށް
|
އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6860041 ފޯނަށެވެ.
|