ދިވެހިރާއްޖެ
ހުޅުމާލެ ލޮޓް ނަންބަރު 11538 ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ހުޅުމާލެ ލޮޓް ނަންބަރު 11538 ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:
ހުށަހަޅާނެ ގޮތް: މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/wwmAX2YDiAMLjPGW7) މެދުވެރިކޮށް.
ހުށަހެޅުމުގެ ސުންގަޑި: 17 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.
މަޢުލޫމާތު ކަރުދާސް:
ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 17 ޖޫން 2025 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚާއި ގަޑި: 22 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި.
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ).
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.