ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިނާމު ދިނުމުގެ ޖަލްސާއަށްް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

މި ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުވާ ޓްރޮފީއާއި ޝީލްޑް ހޯދުމަށް ކުރި އިޢުލާން ނަންބަރު: GS72/2015/16 އާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ތައްޔާރުކޮށް، ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 14 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ކާކުކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.

19 ޛުލްޤަޢިދާ 1436

 

03 ސެޕްޓެންބަރު 2015
ހޯދާ