ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

ތ.އޮމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު 65/2024/394/394(IUL) (08 ޖުލައި 2024) އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކޮން އިޢުލާންކުރަމެވެ.

 

  ވީމާ، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، ތ.އޮމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ތ.އޮމަދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް[email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

  އަދި ދަންނަވަމެވެ، ތ.އޮމަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 23 ވަނަ މާއްދާގެ (ހ) އަދި މިއުޞޫލުގެ 23 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް އުނި އިތުރެއް އައިސްފިނަމަ، ވަގުތީ ލިސްޓް އިސްލާޙުކުރުމަށްފަހު އަލުން އިޢުލާން ކުރެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

                  މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

12 ޖޫން 2025
ހޯދާ