މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އޭ- އަދި ޑީ- ކެޓަގަރީ އިން ބިން ކުއްޔަށް ދިނުން!
އިޢުލާން
ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އޭ- އަދި ޑީ- ކެޓަގަރީ އިން ބިން ކުއްޔަށް ދިނުން!
- މިއިދާރާގެ ނަންބަރު (IUL)332-ADHR/332/2025/76 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ކ.ދިއްފުށީ ސިނާއީ ސަރަހައްދުން އޭ ކެޓަގަރީން 01 ބިން އަދި ޑީ ކެޓަގަރީން 04 ބިން، ސިނާއީ މަސައްކަތްތައް (ވޯކްޝޮޕް ހިންގުމުގެ މަސައްކަތްތައް)، ގައު އެޅުމުގެ މަސައްކަތް،މަސް ޕްރޮސަސް ކުރުމުގެ މަސައްކަތްތައް އަދި ވަޑާންކުރުމުގެ މަސައްކަތްތައް (ލަކުޑި، އެލުމިނިއަމް) ފަދަ ސިނާއީ މަސައްކަތްތައް ރަށު ތެރެއިން ސިނާއީ ސަރަހައްދަށް ބަދަލްކޮށް (ސިނާއީ ސަރަހައްދުގައި) އެމަސައްކަތްތައް ހިންގައި ތަރައްޤީކުރުމަށް 15 އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެންވާނީ ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލެވިފައެވެ.
- މިބީލަމާއި ގުޅިގެން ބިޑް ހުށަހެޅޭނެ ފަރާތްތަކަކީ ކޮބައިކަން އިޢުލާންގައި ސާފުކޮށް ބަޔާންކޮށްދެވިފައިނުވާތީ ބީލަން ހުށަހެޅޭނެ ފަރާތްތަކުގެ ތަފްސީލް ތިރީގައި އެވެނީއެވެ.
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ސިނާއީ ސަރަހައްދުން އެއްވެސް ބިމެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.
- ބީލަމަށް ކުރިމަތިލާ ކޮންމެ ކުންފުނި/ވިޔަފާރި އަކަށް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. 1 (އެކެއް) ބީލަމަށްވުރެ ގިނަ ބީލަން އެއްވެސް ކުންފުނި/ވިޔަފާރި އަކުން ހުށައެއްނޭޅޭނެއެވެ. ކުންފުނީގެ ނަން ތަފާތުކަމުގައި ވީނަމަވެސް ކުންފުނިތަކުގެ 50 ނުވަތަ 50 އިންސައްތައައްވުރެ ގިނައިން ހިއްސާއޮތީ އެއްހިއްސާދާރުގެ ނުވަތަ ހިއްސާދާރުންގެ ކަމުގައިވަނީނަމަ، މިގޮތަށްވެސް ހުށަހެޅޭނީ ކޮންމެވެސް އެއް ވިޔަފާރި/ކުންފުނިއަކުން 1 (އެކެއް) ބީލަމެވެ.
- މިގޮތުން ބީލަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ 15 ޖޫން 2025 ގެ 12:45 އަށް އިތުރުކުރެވިފައެވެ. އަދި ބީލަން ހުޅުވާ ތާރީޙް 18 ޖޫން 2025 ގެ 11:30 އަށް ވަނީ ފަސްކުރެވިފައެވެ.
- ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުނިއަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
- ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
12 ޖޫން 2025
ހޯދާ