| 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
| 
 ޑިޕާޓްމަންޓް 
 | 
 ފައިނޭންޝަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓް   
 | 
| 
 އަސާސީ މުސާރަ 
 | 
 -/11،500ރ. 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 ސަރވިސް އެލަވަންސް (ފިކްސްޑް): -/3،300ރ.  
ސަރވިސް އެލަވަންސް (ދުވަލަކަށް): 153/33ރ. 
 | 
| 
 ލިވިންގ އެލަވަންސް 
 | 
 -/3,000ރ. 
 | 
| 
 ސްޕެޝަލް އެލަވަންސް 
 | 
 -/2,000ރ. 
 | 
| 
 ޕްރޮފެޝަނަލް އެލަވަންސް 
 | 
 މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2,000ރ. 
ޑިގްރީ ހާސިލްކޮށްފައިވާނަމަ  -/1,000ރ. 
 | 
| 
 އަސާސީ ޝަރުތު 
 | 
- މަސައްކަތުގެ ދާއިރާއިން (އިކޮނޮމިކްސް، ފިސްކަލް އެނަލިސިސް ނުވަތަ ފައިނޭންސް) މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 
- މަސައްކަތުގެ ދާއިރާއިން (އިކޮނޮމިކްސް، ފިސްކަލް އެނަލިސިސް ނުވަތަ ފައިނޭންސް) ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
 
  | 
| 
 އެހެނިހެން ޝަރުތު 
 | 
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުންޢަމަލުކުރަންޖެހޭ އުސޫލަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
 
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
  | 
| 
 މަގާމުގެ މަސްއޫލިއްޔަތު 
 | 
   
- ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި، އެކި ގައުމުތަކުގެ ސްޕްރީމް އޮޑިޓް އިންސްޓިޓިއުޓްތަކުން ތައްޔާރުކުރާ ފިސްކަލް ރިޕޯޓުތައް ދިރާސާކޮށް، މި އޮފީހުން ކުރާ ފިސްކަލް އޮޑިޓްތައް ތަރައްގީކޮށް ކުރިއަރުވާނެ ގޮތުގެ އޮޑިޓް މެތެޑޮލިޖީ އަދި އޮޑިޓް ގައިޑްތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
 
- މި އޮފީހުން ކުރާ ފިސްކަލް އޮޑިޓްތަކުގެ އޮޑިޓް ޕްލޭން ތައްޔާރުކުރުމާއި، އޮޑިޓްގެ އަމަލީ މަސައްކަތް (ފީލްޑް ވާކް) ކުރުމާއި، އޮޑިޓް ޓީމްގެ މެންބަރުން ކުރާ މަސައްކަތް ރިވިއުކޮށް ޓީމް މެންބަރުންނަށް އިރުޝާދު ދިނުމާއި އަދި އޮޑިޓް ރިޕޯޓް ތައްޔާރުކުރުން.
 
- ދައުލަތުގެ ބަޖެޓަށް އޮޑިޓަރ ޖެނެރަލް ދޭ ފަންނީ ލަފާ ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
 
- ދައުލަތުގެ ދަރަނީގެ އަދި ފިސްކަލް ދެމެހެއްޓެނިވިކަމަށް ހުރި ހިރާސްތައް ވަޒަންކޮށް، އޮފީހުގެ ސީނިއަރ މެނޭޖްމަންޓަށް ދޭންޖެހޭ ލަފާތައް ދިނުމުގެ މަސައްކަތް ކުރުން. 
 
- މި އޮފީހުން ކުރާ ފިސްކަލް އޮޑިޓްތަކާއި އަދި ދައުލަތުގެ ބަޖެޓަށް އޮޑިޓަރ ޖެނެރަލް ދޭ ފަންނީ ލަފަޔާ ގުޅިގެން، މި އޮފީހުގެ ސޯޝަލް މީޑިޔާ ޕޭޖްތަކާއި، އޮފީހުގެ ރަސްމީ ވެބްސައިޓުގައި ހިމެނުމަށް ބޭނުންވާ މައުލޫމާތު ތައްޔާރުކުރުން.
 
- މި އޮފީހުން ކުރާ ފިސްކަލް އޮޑިޓްތަކާއި ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީއަށް މަޢުލޫމާތު ދޭން ޖެހިއްޖެހިނދެއްގައި އެ ކޮމިޓީއަށް މަޢުލޫމާތު ދިނުމަށް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން. އަދި ކޮމިޓީއާއި ހިއްސާކުރަންބޭނުންވާ ކަންތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.
 
- އޮފީހުގެ ސްޓްރެޓެޖިކް އޮޑިޓް ޕްލޭން (ދުރު ރާސްތާ އޮޑިޓް ޕްލޭން) ތައްޔާރުކުރުމުގައި ބައިވެރިވުމުގެ ގޮތުން، އެ ކަރުދާހުގައި ހިމަނަންޖެހޭ އޮޑިޓް ކުރަންޖެހޭ ދާއިރާތަކާއި ބޮޑަށް ބަލަންޖެހޭ ކަންތައްތަކާއި އަދި އިސްކަންދޭންޖެހޭ ކަންކަން ހިއްސާކުރުން.
 
- އޮފީހުން ބޭރުގެ ފަރާތްތަކާއިއެކު ބާއްވާ ބައްދަލުވުންތަކުގައި (ޕީއޭސީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ  އަދި ސަރުކާރުގެ އެހެނިހެން މަޝްވަރާ ބައްދަލުވުންތައް ޝާމިލްވާގޮތަށް) އޮޑިޓަރ ޖެނެރަލްގެ އޮފީސް ތަމްޞީލުކުރުމާއި އަދި އެފަދަ ބައްދަލުވުންތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން، އެފަދަ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ފޯރުކޮށްދިނުން.
 
- އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަގަޅަށްތޯ ބެލުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
 
- ކަވަރ ލެޓަރ.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ 
5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.) 
6. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު. 
 | 
| 
 އެހެނިހެން 
 | 
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު އެ ކެންޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
 
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
 
-  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
 
- މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
 
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
 
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
 
  | 
| 
 އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި 
 | 
 22 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. https://www.audit.gov.mv/vacancies 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348275 / 3348200 ނަންބަރު  ފޯނަށެވެ. 
 |