މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖް ފާހާނާ ހެދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މަކުނުދޫ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖް ފާހާނާ ހެދުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

ހ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

ށ.

ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

ނ.

ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

ރ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

  

2.2- ބީލަން ޙަވާލު ކުރުމުގައި އިސްކަން ދޭނެ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.

  1. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. ބީލަމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުމާއި ޕޮއިންޓް ލިބޭ އުޞޫލު ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.

މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 2025 ޖޫން 11 ން 2025 ޖޫން 19 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/piAqtn57icHrtX3v6

  1. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  2025 ޖޫން 23 ވާ ހޯމަ ދުވަހުގެ 13:00 ގައި މަކުނުދޫ ސްކޫލް މީޓިންގ ރޫމުގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ، ދިވެހިރާއްޖެ، ފޯން: 6520529، އީ-މެއިލް: [email protected]

15 ޛުލްޙިއްޖާ 1446

11 ޖޫން 2025

 

                                                                    މުޙައްމަދު ލުޠުފީ

                                                                     ޕްރިންސިޕަލް

11 ޖޫން 2025
ހޯދާ