ދިވެހިރާއްޖެ
މިއިދާރާގެ މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާނެ ސިސްޓަމެއް ބަހައްޓަން ބޭނުންވާތީ، ކަމާބެހޭ އިކްޕްމެންޓް މިއިދާރާއަށް ގެނެސް، އެތަކެތި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯން 6560016 ނުވަތަ 7907933 ފޯނާއެވެ. މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ 2015 ސެޕްޓެންބަރު 09 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް ދަންނަވަމެވެ. ފެކްސް ނުވަތަ މެއިލުން ފޮނުއްވާ އަންދާސީހިސާބުތައް ފޮނުއްވާނީ އަންދާސީހިސާބުތައް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ތާރީޚުގައި ކަނޑައެޅިފައިވާ ގަޑިއަށެވެ. ފެކްސް: 6560017 މެއިލް އެޑްރެހަކީ [email protected] އެވެ.
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޛުލްޤަޢިދާ 1436