މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
25 ބުރީގެ ޓްރެޜަރީ ބިލްޑިންގ ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު: TES/2015/W-125-R-01

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

25 ބުރީގެ ޓްރެޜަރީ ބިލްޑިންގ ތަރައްޤީކުރުން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބޭނުމަށް، މާލޭގެ 379 ނަންބަރު ކޮށީގައި (32,500 އަކަފޫޓު) 25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސް އެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)13-K/13/2014/246) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިމަސައްކަތަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2015ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިކަމާބެހޭ މަޢުލޫމާތާއި އިތުރު ތަފުސީލު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ޓެލެފޯން: 3349191 ، 3349266

ފެކްސް: 3320706 ، 3324432

އީމެއިލް އެޑްރެސް: [email protected]

           [email protected]

07 ސެޕްޓެންބަރު 2015
ހޯދާ