ދިވެހިރާއްޖެ
ޢިއުލާން
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މިރަށުގައި އަލަށް އާބާދުވި ސަރަހައްދުގެ މަގުތަކުގައި ހުރި ރުއްތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުން މިރަށުގައި އަލަށް އާބާދުވި ސަރަހައްދުގެ މަގުތަކުގައި ހުރި ރުއްތައް ނަގާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ދީފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ޕްރޮޕޯޒަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ގޫގުލްފޯމްލިންކް:
https://docs.google.com/forms/d/e/1FAIpQLSeEI9dNTZr4z-_VkmSfqcYqruURJLkC5xjSVw19F5AYslQyGw/viewform?usp=header
ބީލަން ރަޖިސްޓްރީ ކުރުން |
16 ޖޫން 2025 ވަނަ ދުވަހުގެ 13:30 ގެކުރިން |
ޕްރީ- ބިޑް ބައްދަލުވުން |
ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ |
ބީލަން ބަލައިގަތުން |
17 ޖޫން 2025 ވަނަ ދުވަހުގެ 13:00 ގެކުރިން |
ބީލަންތައް ހުޅުވުން |
17 ޖޫން 2025 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި |
ޕްރޮޕޯޒަލް ހުށަހެޅުމަށާއި ޕްރޮޕޯޒަލް ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ޕްރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއް ގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
08 ޛުލްޙިއްޖާ 1446ހ
04 ޖޫން 2025މ