ދިވެހިރާއްޖެ
ހއ.އުތީމު ގަނޑުވަރަކީ ގިނަ ފަރާތްތަކެއް ޒިޔާރަތްކޮށް ބަލާލަން ބޭނުންވާ ދިވެހިންގެ މުހިންމު ތަރިކައެކެވެ. ޚާއްޞަކޮށް ސްކޫލު ބަންދާއި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ގިނަ ފަރާތްތަކަކުން އެދޭކަމެކެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޢީދު ބަންދާ ގުޅިގެން ތިރީގައި މިދަންނަވާ ދުވަސްތަކުގައި އުތީމުގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ.
07 ޖޫން 2025 |
11 ޛުލްޙިއްޖާ 1446 |
ހޮނިހިރު |
އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި |
08 ޖޫން 2025 |
12 ޛުލްޙިއްޖާ 1446 |
އާދީއްތަ |
އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި |
09 ޖޫން 2025 |
13 ޛުލްޙިއްޖާ 1446 |
ހޯމަ |
އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި |
އިސްވެ ދެންނެވި ދުވަސްތަކުގައި އުތީމުގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 13:30 އަށެވެ. ޙައްޖު ދުވަހާއި ޢީދު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.
ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި އުތީމުގަނޑުވަރު ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ. އަދި ޓިކެޓު ވިއްކާނީ ހެނދުނު 8:15 ން މެންދުރު 13:30 އަށެވެ.
ވީމާ، އުތީމުގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އިޢުލާން ކުރަމެވެ.
**********************
08 ޛުލްޙިއްޖާ 1446 ހ.
04 ޖޫން 2025 މ.