ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ހދ.ފިނޭގެ ޒުވާނުންނާއި ކުޑަކުދީންނަށް އަމާޒުކޮށްގެން "ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2025" ގެ ނަމުގައި 25 ޖުލައި 2025 ގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްސަލް އަދި ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތީން 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރީން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރވުން އެދެމެވެ. އަދި މި ކުޅިވަރު މުބާރާތްތަކުގެ ޤަވައިދު މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ރަޖިސްޓްރޭޝަން ލިންކް

ތަފްސީލް

https://forms.gle/ZoPUAVgpvaFMcTRb8

މި ލިންކް އިން ރަޖިސްޓަރވާނީ ފިރިހެނުންގެ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުންނެވެ.

https://forms.gle/sffu8inpEHc8CHph6

މި ލިންކް އިން ރަޖިސްޓަރވާނީ އަންހެނުންގެ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުންނެވެ.

https://forms.gle/EUmjYqjgXPh5zVjg8

މި ލިންކް އިން ރަޖިސްޓަރވާނީ އަންހެނުންގެ ވޮލީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުންނެވެ.

https://forms.gle/qVVMJBc6sLnyDyJE7

މި ލިންކް އިން ރަޖިސްޓަރވާނީ ކުޑަކުދީންގެ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ބޭނުންވާ 06 އަހަރާއި 15 އަހަރާ ދެމެދުގެ އަންހެންކުދީން ވަކިވަކީންނެވެ.

https://forms.gle/iFdcrPQZ8dBnUW9z7

މި ލިންކް އިން ރަޖިސްޓަރވާނީ ކުޑަކުދީންގެ ފުޓްސަލް މުބާރާތުގައި ބައިވެރިވާން ބޭނުންވާ 06 އަހަރާއި 15 އަހަރާ ދެމެދުގެ ފިރިހެން ކުދީން ވަކިވަކީންނެވެ.

 

 

 

 

 

 

 

 

 

 ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ. 

04 ޖޫން 2025
ހޯދާ