ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ކެމެރާއެއް ސަޕްލައިކޮށްދިނުން

އިޢުލާން

 

ކައުންސިލްގެ އިދާރާއަށް ޑިޖިޓަލް ކެމެރާއެއް ސަޕްލައިކޮށްދިނުން

މި އިދާރާއިން ކުރިއަށްގެންދާ ހަފްލާތަކާއި ހަރަކާތްތަކުގެ ފޮޓޯ ނެގުމަށް ބޭނުންކުރުމަށް ޑިޖިޓަލް ކެމެރާއެއް ގަންނަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއަށް ކެމެރާއެއް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމުގެ ސުންގަޑި

2025 ޖޫން 22 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

ބީލަން ހުޅުވުން

2025 ޖޫން 22 ވާ އާދީއްތަ ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

 

މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

03 ޛުލްޙިއްޖާ 1446

03   ޖޫން  2025

04 ޖޫން 2025
ހޯދާ