ދިވެހިރާއްޖެ
އިޢުލާން
ގްރީންވިލާ ގޯތީގެ ހުނޅަނގުން އޮތް ހުސްބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ
ގްރީންވިލާ ގޯތީގެ ހުޅަނގުން އޮތް ހުސްބިމުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ކައުންސިލުން ނިންމާފައިވާތީ، އެބިމުގައި، މި އިދާރާއިން ހުދު ކުލައިގެ ދަވާދުން ނަންބަރުޖަހައި ބޮޅުއަޅާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވިފައިވާ ނަންބަރު: 269/2015/85(IUL) (ތާރީޚު:24 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން ވެރިފަރާތެއް ނޭނގޭ ގިނަ އަދަދެއްގެ ރުއްގަސް އަދިވެސް ހުރުމާއެކު، އެބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އޮފީހުން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ މޮޅު/ ދެރަ ބަޔާންކުރައްވައި، 2015 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅުއްވާ ރުއްގަސް ބެލެވޭނީ ރައްޔިތު ރުއްގަހުގެ ގޮތުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޛުލްޤަޢިދާ 1436ހ.