މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮއްދޫގެ ބްރޭންޑް ނަމެއް ތަޢާރަފް ކުރުމާ ގުޅޭ

މި ކައުންސިލްގެ އެކި އެކި ކަންކަމުގައި އަދި ރަސްމީ ލެޓަރ ހެޑްގައި ބޭނުން ކުރުމަށާއި، ރަށް އިޝްތިހާރު ކުރުން ކަހަލަ ކަންކަމުގައި ބޭނުން ކުރުމަށްޓަކައި ފޮއްދޫގެ ބްރޭންޑް ނަމެއް ކައުންސިލުން ވަނީ ފާސްކޮށް ނިންމާފައެވެ. އެގޮތުން ބޭނުން ކުރުމަށް ނިންމާފައިވަނީ “visit FODHDHOO MALDIVES” އެވެ. އެގޮތުން “visit” އިންނަންވާނީ “FODHDHOO” މި ނަމުގެ މަތީގައި ސިމްޕަލް އަކުރުތަކުން، “FODHDHOO MALFDIVES” އަށްވުރެ ފާޅުކަން ކުޑަ ގޮތަކަށެވެ.

    ވީމާ، އިސްވެ ދެންނެވުނު ގޮތަށް އިސްވެ ދެންނެވުނު ނަން ފަރުމާކުރުމުގެ މުބާރާތެއް އާއްމުކޮށް ހުޅުވާލަމެވެ. އެގޮތުން 1 ވަނައަށްދާ ފަރާތަކަށް -/5000 (ފަސް ހާސް) ރުފިޔާގެ އިނާމެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އިސްވެ ދެންނެވުނު ނަން ފަރުމާކޮށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:30 ކަމުގައިވެސް ދަންނަވަމެވެ.

                 ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

04 ޖޫން 2025
ހޯދާ