މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރު ކުރަންޖެހޭ ވަގުތު ކަނޑައަޅައި އާއްމުކުރުން
ޤަވާއިދު ނަންބަރު: 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާއިދު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުށުގެ ތުހުމުގަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް މ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރު ކުރަންޖެހޭ ވަގުތުތަކަކީ ތިރީގައި ދަންނަވާފައިވާ ވަގުތުތައް ކަމުގައި ކަނޑައަޅައިފީމެވެ.
- ރަސްމީ ދުވަސްތައް: 08:30 އިން 09:30 އާ ދެމެދު އަދި، 13:00 އިން 14:00 އާ ދެމެދު.
- ހުކުރު، ހޮނިހިރު އަދި އެހެނިހެން ރަސްމީ ބަންދު ދުވަސްތައް: 08:00 އިން 09:00 އާ ދެމެދު އަދި، 20:00 އިން 21:00 އާ ދެމެދު.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
04 ޖޫން 2025
ހޯދާ