ދިވެހިރާއްޖެ
އިޢުލާން
ދ.އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ދަރިވަރުން ހޮވުމާއި ގުޅޭ
"ދ.އަތޮޅު ޤުރްއާން މުބާރާތް 2025" ގައި ބައިވެރިވުމަށް ދަރިވަރުން ހޮވުމަށް ރަށުފެންވަރުގައި މި ކައުންސިލުން ބާއްވާ އޮޑިޝަން 14 ޖޫން 2025 ވާ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާތީ ބަނޑިދޫގައި ތަޢުލީމް ހާޞިލުކުރަމުންގެންދާ ދަރިވަރުންގެ ތެރެއިން މި އޮޑިޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވެމެވެ.
އޮޑިޝަންގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ދަރިވަރުން 12 ޖޫން 2025 ވާ ދުވަހުގެ 11:00 ގެ ކުރިން އޮންލައިން ފޯމް ފުރިހަމަކުރެއްވުމަށްފަހު މި ކައުންސިލަށް ހުށަހަޅުއްވުން އެދެމެވެ. އޮޑިޝަނުން ދ.އަތޮޅު ޤުރްއާން މުބާރާތަށް ހޮވޭ ކޮންމެ ބައިވެރިއަކަށް ބަނޑިދޫ ކައުންސިލުން -/500ރ (ފައްސަތޭކަރުފިޔާ) ފައިސާގެ އެހީއެއްދެވޭނެއެވެ. އޮޑިޝަންގެ ޤަވައިދު އަދި ބައިވެރިވުމަށް އެދޭ ފޯމް ނުވަތަ ލިންކް https://docs.google.com/forms/d/e/1FAIpQLSc0YsjDvOAUMmXeVolaHS2KjNNrSTTJEbBms_5Asy0mL6_obw/viewform މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.