ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަޙަރުގެ އަޟްޙާ ޢީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސަޤާފީ ކުޅިވަރުތައް ހުށަހަޅައިދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

                      1446 ވަނަ އަޙަރުގެ އަޟްޙާ ޢީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސަޤާފީ ކުޅިވަރުތައް ހުށަހަޅައިދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެ.

                   މި އިދާރާގެ ނަންބަރ:(IUL)252/252/2025/57  28 މެއި 2025 ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިއުލާނު ބާތިލްކޮށް، 1446 ވަނަ އަޙަރުގެ އަޟްޙާ ޢީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސަޤާފީ ކުޅިވަރުތައް ހުށަހަޅައިދޭނެ ފާރާތެއް ހޯދަން އަލުން އިއުލާނު ކުރަމެވެ.

                    ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 01/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާތަކާއި، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. 

 

 

 

 

               ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް:  

https://docs.google.com/forms/d/e/1FAIpQLSdb7KScDSPTW5Nwivkuf36dmPn7_XI1Id9M0dNJAn2CdKC7hQ/viewform?usp=header

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރުން :

06 ޖޫން 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

ބޭއްވުމަށް ހަމަޖެހިފައި ނުވޭ

ބީލަން ބަލައިގަތުން :

07 ޖޫން 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަންތައް ހުޅުވުން :

07 ޖުން 2025 ވަނަ ދުވަހުގެ 13:05 ގައި ފިއްލަދޫ ކައުންސިލް އިދާރާގައި

 

       

                 ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500353 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                 07 ޛުލްޤަހިއްޖާ 1446

                                  03 ޖޫން 2025  

 

03 ޖޫން 2025
ހޯދާ