ދިވެހިރާއްޖެ
އިޢުލާން
މަގުމަތީގައި ނުވަތަ ޢާއްމު ސަރަޙައްދު ތަކުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމާބެހޭ އުޞޫލް
މަގުމަތީގައި ނުވަތަ ޢާއްމު ސަރަޙައްދު ތަކުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭގޮތުން ކައުންސިލުން އެކުލަވާލައި،ފާސްކޮށް، 12 ޑިސެމްބަރު 2013 ގައި ގެޒެޓް ކޮށްފައިވާ ޤަވާޢިދު ނަންބަރު: 2013/R-1374 " މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ޤަވާޢިދު" ގެ ދަށުން އެކުލަވާލައި، މި ކައުންސިލުގެ 04 ވަނަ ދައުރުގެ 132 ވަނ ޢާއްމު ޖަލްސާއިން ފާސްކޮށްފައިވާ " މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ އުޞޫލް" ޢާއްމު ކުރަމެވެ.
ވީމާ، މި އުޞޫލާ އެއްގޮތަށް ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން، ކައުންސިލުން އެކަމަށް އިޢުލާނު ކުރުމުން، އެކަމަށް އެދި ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް