ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަދު ކަނދުފަތީގެ މަޢުލޫމާތު ޙިއްސާކުރުމާއި ބެހޭ

                                  ވަދު ކަނދުފަތީގެ މަޢުލޫމާތު ޙިއްސާކުރުމާއި ބެހޭ

    

    މިނިސްޓްރީ އޮފް ފިޝަރީޒް، އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ވަދުމަސްވެރިކަމަށާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަމާޒުކުރައްވައިގެން ކަނދުފަތި

ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިއަތޮޅުގެ ހުޅަނގުން ޤާއިމުކުރެވުނު ކަނދުފަތީގެ މަޢުލޫމާތު ތިރީގައި ދެންނެވިފައި އެވަނީއެވެ.

ކަނދުފަތީގެ މަޢުލޫމާތު

ކަނދުފަތި ޤާއިމްކުރި ސަރަޙައްދު

ވައްވަރު ހުޅަނގުން 4.2 މޭލު ބޭރުގައި

ކަނދުފަތީގެ ނަންބަރު

F09V05

ޤާއިމްކުރި ތާރީޚް

28 މެއި 2025

ޕޮޒިޝަން

05 ދަރަޖަ 25.200 މިނިޓް، އުތުރު އަރުޟު 200’N) 25.° (05

73 ދަރަޖަ 17.300  މިނިޓް، އިރު ތޫލު (17.300’E°73)

އެނގިވަޑައި ގަންނަވާނޭ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށްގެން ޤާއިމްކުރާ ކަނދުފަތިތަކަކީ ދަޢުލަތުން ބޮޑު ހޭދައެއްކޮށް، ބުރަ މަސައްކަތުން ޤާއިމްކޮށްފައިވާ

ކަނދުފަތިތަކެއް ކަމުގައި ދަންނަވަމެވެ. ވީމާ، މިފަދަ ކަނދުފަތިތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމުގެ އިންތިޒާމު ވަދުމަސްވެރިކަމާއި މުނިފޫހި ފިލުވުމުގެ

މަސްވެރިކަން ކުރާ ފަރާތްތައް މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާތީ، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކުރައްވާ މިނިސްޓްރީ އޮފް ފިޝަރީޒް،

އެންޑް އޯޝަން ރިސޯސަސްއަށް އެންގެވުން އެދެމެވެ.

 

ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއިއެކު ހޮވި ތަކެތި އަދި

ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްޞީލް މަޢުލޫމާތުވެސް ލަސްނުކުރައްވާ އަންގަވައިދެއްވުން އެދެމެވެ. އަދި މިގޮތުން ކަނދުފައްޗާއި ގުޅޭ މުޢާމަލާތު ޙިއްސާ ކުރައްވާއިރު

ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރު ބޭނުންކުރެއްވުން އެދެމެވެ.

                         މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.

03 ޖޫން 2025
ހޯދާ