ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ
މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައި މިދަންނަވާ މާއްދާތަކުގެ ސްޓަޑީގައިޑް ލިއުމަށާ ސްޓަޑީގައިޑް ރިވައިޒް ކުރުމަށް ކުރެވުނު ނަންބަރު: IUL)COL/1/2015/07) އަދި IUL)COL/1/2015/08) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ހުށައަޅާފައިނުވާ މާއްދާތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިސެންޓަރަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 އަށް މިސެންޓަރަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ޙާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.
| 
 
  | 
 ކޯސް  | 
 މާއްދާ  | 
 މަސައްކަތް  | 
| 
 1  | 
 މާސްޓަރސް އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ  | 
 ހިއުމަން ރައިޓްސް އެންޑް ހިއުމަން ރައިޓްސް ބޭސްޑް އެޕްރޯޗްސް ޓު ޑިވެލޮޕަންޓް  | 
 ސްޓަޑީގައިޑް ރިވައިޒް ކުރުން  | 
| 
 2  | 
 ބެޗެލަރ އޮފް ނަރސިންގ  | 
 ކޮމިއުނިޓީ ހެލްތު ނަރސިންގ ސްޓަޑީސް II  | 
 ސްޓަޑީގައިޑް ލިޔުން  | 
| 
 3  | 
 ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން  | 
 މޯލްޑިވިއަން ލީގަލް ސިސްޓަމް  | 
 ސްޓަޑީގައިޑް ރިވައިޒް ކުރުން  | 
| 
 އިންޓްރޮޑަކްޝަން ޓު ޖުޑިޝަލް އެޑްމިނިސްޓްރޭޝަން  | 
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
17 ޛުލްޤަޢިދާ 1436
