ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެއަތޮޅު ފެލިދޫގެ ބިމެއްގައި އިންވެސްޓްކޮށް ތަރައްޤީކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ދަޢުވަތު ދިނުން

                  ފެލިދެއަތޮޅު ފެލިދޫގެ ބިމެއްގައި އިންވެސްޓްކޮށް ތަރައްޤީކުރުމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން އެކަމަށް އެދޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުތުޟަތު ހުޅުވާލަމެވެ.

                މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިމަސައްކަތަކީ ކްރޮސް – ސަބްސިޑައިޒޭޝަން މޮޑެލްއަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ. މިހެން ކަމުން މި މަސައްކަތަށް ހޮވޭ ފަރާތަކަށް ފެލިދޫ ކައުންސިލްގެ އިޙްތިސާސް ތެރޭގައި ހިމެނޭ ބިމެއްގައި ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓް ހައުސް ތަރައްޤީކޮށް ހިންގުމުގެ ފުރުޟަތު ލިބިގެންދާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް އަންދާސީ ހިސާބުތައް ހުށައެޅުއްވުން އެދެމެވެ.

އެޑްރެސް:      ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ

            ވ.ފެލިދޫ ، ދިވެހިރާއްޖެ

ބިޑް މަރުހަލާތައް

ތާރީޚް

ދުވަސް

ގަޑި

ތަން

ބިޑް ހުށަހެޅުން

19 ޖޫން 2025

ބުރާސްފަތި

11:00

ފެލިދޫ ކައުންސިލްގެ މީޓިން ހޯލް

           

                  މިމަސައްކަތާއި ގުޅޭ އިތުރު ތަފްސީލް މި ޢިއުލާނާއި އެކުގައިވާ މަޢުލޫމާތު ކަރުދާހުން ލިބިވަޑައި ގަންނަވާނެއެވެ. އަދި އިންވެސްޓްކޮށް ތަރައްޤީ ކުރުމަށް ހޮޅުވާލެވޭ ބިން އަދި ޓޫރިޒަމަށް ތަރައްޤީ ކުރުމަށް ދޫކުރެވޭ ބިން ހިމެނޭ ސަރަޙައްދުގެ ފޮޓޯވެސް މިޢިޢުލާނާއިއެކު ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 7677366 ނުވަތަ 6700720 ނަންބަރަށް ގުޅުއްވުން އެދެމެވެ.

03 ޖޫން 2025
ހޯދާ