މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ. ފުނަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށްއެދި ހުށައެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުން
ށ. ފުނަދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 90 ބަންޑާރަގޯއްޗަށް އެދިފޯމްހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް 04 މެއި 2025ގައި އާންމުކުރުމުން ޝަކުވާހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށައަޅާފައިވާ ޝަކުވާތަކުން ލިސްޓަށް އުނި އިތުރު އައިސްފައިވާތީ، ''ށ. ފުނަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯއްތި ދޫކުރުމާއިބެހޭ އުޞޫލު''ގެ 22 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް ލިސްޓް ތައްޔާރުކުރުމަށްފަހު ވަގުތީ ލިސްޓް މިއިޢުލާނާއެކު އާންމުކުރަމެވެ.
ވީމާ، އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާ ފަރާތެއްވާނަމަ ޝަކުވާ ފޯމުން އެކަން މިއިދާރާއަށް 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ 13:30 ކުރިން ހުށައެޅުއްވުން އެދެމެވެ. ޝަކުވާ ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 10:30ން 13:30ށެވެ. ފޯމް މިއދާރާގެ ކައުންޓަރުން ލިބެންހުންނާނެވެ.
02 ޖޫން 2025
ހޯދާ