ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2025/42
އިޢުލާން
ވޭޖު އުޞޫލުން އުނގޫފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުން
އުނގޫފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަސްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފުންގެ ވަޒީފާގެ މަސްޢޫލިއްޔަތު އަދާ ކޮށްދޭނެ މީހުން ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ޞިއްހަތު ސަލާމަތުންހުރި، ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭނެ ފަރާތެއްކަމުގައި ވާންވާނެއެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2025 ޖޫން 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ސިޓީއާއެކު އައިޑީކާޑު ކޮޕީ އަދި ޑްރައިވަރު މަޤާމަށް އެދި ހުށަހަޅުއްވާ ނަމަ ޕިކަޕް ދުއްވުމުގެ ލައިސަސް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބޭނުންވާ މަޤާމުތައް:
- ޑްރައިވަރ
- މަސައްކަތު
މަޤާމްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް 75ރ (ހަތްދިހަ ފަސްރުފިޔާ) ގެ ރޭޓުންނެވެ.