ތުލުސްދޫ ޞިއްޙީ މަރުކަޒު، ކ. ތުލުސްދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

މިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

 

މަޤާމު:

މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖިސްޓް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސްރޭންކު 7 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. ގާފަރު ޞިއްޙީ މަރުކަޒު

އަސާސީ މުސާރަ:

-/13،141 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/6،132 ރުފިޔާ

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

-/166 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތައް (01 މެއި 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މެޑިކަލް ލެބޯރެޓަރީ އިކުއިޕްމަންޓްތަކުގެ ސެޓްއަޕް ހަދައި، މެއިންޓެއިންކޮށް، ކެލިބްރޭޓްކޮށް، ސާފުކޮށް އަދި ސްޓެރައިލްތޯ ޓެސްޓު ކުރުން.
  2. ފިޒީޝަނުންނާއި ޢާއިލާގެ މެންބަރުންނަށާއި ނުވަތަ ރިސަރޗަރުންނަށް ޓެސްޓުތަކުގެ ނަތީޖާތަކުގެ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުން.
  3. ޓެސްޓުތަކާއި އެކްސްޕެރިމަންޓްތަކުގެ ނަތީޖާތައް، ސްޕެސިފިކޭޝަންތަކާއި ދިމާވޭތޯ ޔަޤީންކުރުމަށް، ޚާއްޞަ މެކޭނިކަލް ނުވަތަ އިލެކްޓްރިކަލް ވަޞީލަތްތައް ބޭނުންކޮށްގެން އެނަލައިޒް ކުރުން.
  4. ބަލިމީހާގެ ހަށިގަނޑުން ނަގާ ސާމްޕަލްތައް، އެސެޕްޓިކް ޓެކްނިކް ބޭނުންކޮށްގެން ނެގުން.
  5. ޑޮކްޓަރު ދޫކޮށްފައިވާ ލެބޯރެޓަރީ ރިކުއިޒިޝަން ސްލިޕްގައިވާ ތަޙްލީލުތައް ހެދުމަށް ބަލިމީހާގެ ގައިން ލޭ ނެގުމާއި ނަގާ ލޭގެ ސްޕެސިމަން ޓިއުބްތަކަށް އެޅުން.
  6. ލޭގެ އަދި އެހެނިހެންވެސް ސްޓޭންޑަރޑް ތަޙްލީލުތައް ހެދުން.
  7. މެޑިކަލް ޕްރޮފެޝަނަލުން އެނަލައިޒް ކުރުމަށްޓަކައި، ލޭ ނުވަތަ އެހެނިހެން ފްލުއިޑް ސާމްޕަލްތައް ޕްރޮސެސް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

 

  • ބަޔޯމެޑިކަލް ސައެންސް
  • ކްލިނިކަލް ލެބޯޓްރީ ސައެންސް
  • ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ
  • ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ
  • މެޑިކަލް ލެބޯޓްރީ ސައެންސް
  • މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީ
  • މެޑިކަލް ސައެންސް
  • މެޑިކަލް ޓެކްނޮލޮޖީ

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

 

  • މެޑިކަލް ލެބޯރެޓަރީ ސަރވިސަސް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖޫން 2025 ވަނަ  ދުވަހުގެ 13:00 ގެ ކުރިން، ކ. ގާފަރު ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅުއްވައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

ނޯޓް: އީ.މެއިލްއިން ވަޒީފާއަށް އެދި ފޮނުވާލިއުންތައް ފޮނުވާއިރު ވަޒީފާއަށް އެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީކާޑް ނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

ލިންކް: https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭން ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވީނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް.
  3. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރޮޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

  • 30 ޖޫން 2025 ން 15 ޖުލައި 2025 އާއި ދެމެދު، ކ. ގާފަރު ޞިއްޙީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޕޮއިންތް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 6640636 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

03 ޖޫން 2025
ހޯދާ