ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު ކައުންސިލްގެ ބައިބަލާ ޗެލެންޖު 2025މުބާރާތް ކުޅޭ ސަރަޙައްދުގައި ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމަށް

ލ. ގަމު ކައުންސިލްގެ ބައިބަލާ ޗެލެންޖު 2025މުބާރާތް ކުޅޭ ސަރަޙައްދުގައި ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމަށް

ލ. ގަމު ކައުންސިލްގެ ބައިބަލާ ޗެލެންގު މުބާރާތް، 2025 ޖޫން 07 ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މުބާރާތް ބާއްވާ މުއްދަތުގައި ގަމު ތުނޑީ (އާބާދުސަރަޙައްދުގެ) ކުޅޭ ބިމުގައި ގާޑިޔާ ބެހެއްޓުމަށް ހުޅުވާލަމެވެ. މިފަހަރު މުބާރާތަށް ގާޑިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ. ގާޑިޔާ ބެހެއްޓުމުގެ ހުއްދަދެވޭ 2 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށް ދާމުއްދަތުގައި ތުނޑީ ފުޓްބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 05 ވާ ބުރާސްފަތި ދުވަހު 11:00 އަށް ގަމު ކައުންސިލަށް ވަޑައިގެން އަގު ބަޔާންކުރާ ސިޓީ އަދި ވިޔަފާރިވެރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ ދޫކުރުމާއި ބެހޭ އުސޫލް އާއްމު ކުރީމެވެ.

03 ޖޫން 2025
ހޯދާ