ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެލް.އެސް 2

ޢަދަދު

1

ސެކްޝަން: މީޑިއާ ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/9412 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %65

- ސަރވިސް އެލަވަންސް: -/3,000

- ލިވިންގ އެލަވަނަސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

 

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލު ކޮށްފައި ވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކުގައި ބޭނުންވާ ޤާނޫނީ އަދި ޝަރުޢީ ލަފާ ދިނުން.

2- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ސެކްޝަނުން ތައްޔާރު ކޮށް، ހިންގާ ހޭލުންތެރި ކުރުމުގެ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކުގައި ޤާނޫނީ މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް ކުރުން.

3- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކިއެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތައް ތައްޔާރު ކުރުމާއި، ޗެކް ކުރުމާއި، ޑިޕާޓްމަންޓުގެ ލީގަލް އެފެއަރޒް ޑިވިޜަނުގެ ފަރާތުން އެ އެއްބަސްވުންތަކުގެ ޑިޕޮޒިޓަރީ ބެލެހެއްޓުން.

4- ޝަރުޢީދާއިރާގެ ފަރާތުން މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތު ދިނުމާއި، ނޫސް ބަޔާންތަކާއި ރިޕޯޓްތައް ތައްޔާރުކުރުމާއި، ރޭޑިޔޯއާއި، ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދިނުމުގެ ޤާބިލުކަން ހުރުން.

5- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަސްމެއްގެ ގޮތުގައި ހިމެނޭ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ޝަރްޢީ ކޯޓަކަށް ނުވަތަ ދިވެހިރާއްޖޭގެ ޓްރައިބިއުނަލަކަށް ހުށަހެޅި، އެފަދަ މައްސަލައެއް ކުރިޔަށް ދާއިރު، އެ މައްސަލައިގައި ޑިޕާޓްމަންޓް ތަމްސީލު ކޮށް، ޑިޕާޓްމަންޓުގެ ވަކީލެއްގެ ގޮތުން އަދާ ކުރާން ޖެހޭ އެންމެހައި ޒިންމާތައް އަދާ ކުރުން.

6- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމުގެ ޤާބިލުކަންހުރި ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

1- ޝަރީޢަތާއި ޤާނޫނުގެ ދާއިރާ އިން ޑިގްރީ ހާސިލު ކޮށްފައި ވުން،

2- ދިވެހި ބަހުގެ އިތުރުން ދިރާސާގެ ބޭނުމަށް ޓަކައި އިނގިރޭސި ބެކްގްރައުންޑް ހުރުން،

3- ޝަރުޢީ ދާއިރާގެ ފަރާތުން މީޑިއާއަށް މަޢުލޫމާތުދީ ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތައް ތައްޔާރުކޮށް ހުށަހެޅުމުގެ ޤާބިލްކަން ހުރި، ކެރޭ ފަރާތެއް ކަމުގައިވުން.

4- އަތޮޅުތަކަށް ދަތުރުކޮށް އަތޮޅުތަކުގައި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގައި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމުގެ ޤާބިލުކަންހުރި ފަރާތެއް ކަމުގައިވުން.

5- ފަރިތަކަމާއެކު ދިވެހިބަހުން ޚަބަރާއި ރިޕޯޓް ލިޔެވޭ މީހެއްކަމުގައިވުން.

6- ބަސްމޮށުންތެރިކަން ހުރި މީހެއް ކަމުގައިވުން.

ސުންގަޑި

8 ސެޕްޓެމްބަރު 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

03 ސެޕްޓެންބަރު 2015
ހޯދާ