ދިވެހިރާއްޖެ
ކަލާފާނު ސްކޫލްގެ 4 ކްލާސް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލްގައި 4 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ކަލާފާނު ސްކޫލްއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ކަލާފާނު ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 ޕްރީބިޑް މީޓިން  | 
 އަންދާސީ ހިސާބު ހުށަހެޅުމަށް  | 
| 
 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00  | 
 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00  | 
 17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328991 ނަންބަރު ފޯނާއެވެ.
18 ޛުލްޤަޢިދާ 1436
