ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރުމަސް ބޭނުމުގެ ހަރަކާތް (ފަރު މަސް ރޭސް)

މިއީ މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތެކެވެ. މިއީ ދާންދޫގެ ދެޖިންސުގެ ރައްޔިތުންނަށް ހުޅުވާލެވިގެން ބޭއްވޭ ހަރަކާތެކެވެ.

އަޟްޙާ ޢީދު ހަރަކާތްތަކުގެ ތެރެއިން ފަރުމަސް ބޭނުމުގެ މިހަރަކާތުގައި ބައިވެރި ވުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން، 07 ޖޫން 2025 16:00ގެ ކުރިން މި ނަންބަރ 7633367 އަށް ގުޅުއްވައި ރަޖިސްޓްރީ ކުރުން އެދެމެވެ.  ހަރަކާތުގައި ގިނަވެގެން ބަސއިވެރި ކުރެވޭނީ 10 ޓީމެވެ.

ތިރީގައި މިދަންނަވަނީ މިކަމަށް ތައްޔާރުވާންވީ ގޮތާއި އަދި މި ރޭސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި ފައިސާގެ އިނާމުތައް ކަނޑައެޅިފައިވާ ގޮތުގެ މަޢުލޫމާތެވެ.

1- ރޭހަށް ތައްޔާރުވާންވީ ގޮތް

1.1- ކައުންސިލުން މަސްރޭހަށް އިޢުލާން ކުރުމާއިއެކު ފަރުމަސް ރޭހުގައި ބައިވެރިވާނެ ޓީމްތައް އެކުލަވާލުން، ޓީމެއްގައި ގިނަވެގެން ތިބޭނީ 5 މެމްބަރުންނެވެ. އަދި އެކަނި ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

1.2 ކައުންސިލުން މިކަމަށް ކަނޑައެޅިފައިވާ ފޯކަލް ޕޮއިންޓް "ދާންދޫ ކައުންސިލްގެ މެމްބަރު / އަޙުމަދު އިބްރާހީމް" އާއި ގުޅައިގެން 7633367 ނުވަތަ ކައުންސިލް ހޮޓްލައިން ނަންބަރު 7330026 އަށް ވައިބަރ މެދު ވެރިކޮށް ޓީމްތައް ރެޖިސްޓްރީ ކުރުން. މިކަމަށް ރަޖިސްޓްރީ ކުރާއިރު އުޅަނދުގެ ކައްޕިތާނުގެ ނަމާއެކު ރަޖިސްޓްރީ ކުރުން.

1.3- މި ރޭހުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް ނަމެއް ހުށަހަޅަންވާނެއެވެ.

1.5- މަސްވެރިކަމަށް ނުކުންނަ އުޅަނދު ޒީނަތްތެރިކޮށްފައި ހުންނަންވާނީ މުނާސަބަތާއި ގުޅޭ ގޮތަށެވެ. 

2- ރޭސް ކުރިއަށް ގެންދާނެ ގޮތް

2.1- މި ރޭހުގައި ރަޖިސްޓްރީވެފައިވާ އެންމެހައި ޓީމްތައް، މަސް ރޭހަށްދާން ފުރުމަށް ހަމަޖެހިފައިވާ ތަނަށް (ކައުންސިލް ކުރިމަތީ ޖެޓީ އިން) 09 ޖޫން  2025 ވާ ހޯމަ ދުވަހު ހަވީރު 14:00 އަށް ހާޒިރުވުން

2.2- މިރޭހުގައި ބާނާ ހުރިހާ މަހެއް ބޭނުން ކުރާނީ "ޢީދު ބާބަކިއު" ހެދުމަށް ކަމަށްވާތީ މިރޭސް އިންސާފު ކުރުން އޮންނާނީ ދާންދޫ އުތުރު ހާބަރުގައި އެކަމަށް ކަނޑައެޅިފައިވާ ޒޯނުގައިއެވެ.

2.3- ރޭސް ކުރިއަށްދާނީ ރޭހުގައި ބައިވެރިވާ އުޅަނދުތައް މަސްބާނައިގެން ލަފަމުންދާ ވަރަކަށް އެ އުޅަނދަކުން ބާނައިގެން ގެންނަ މަސްކިރައި މިންކޮށް ވަޒަން ކުރަމުންނެވެ.

2.4- ކޮންމެ ޓީމެއްވެސް ފުރަންވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ޕޮއިންޓުންނެވެ. އެންމެ ލަސްވެގެން އެދުވަހު ރޭގަނޑު 18:30 ގައި ރަށަށް ލަފާ މަސްކިރާ ޕޮއިންޓަށް (އިންސާފު ޕޮއިންޓް) އުޅަނދު ކައިރި ކުރަންވާނެއެވެ.

2.5- ރޭސް ޖަޖު ކުރުމަށްޓަކާ ޖަޖުކޮމިޓީއެއް އެކުލަވާލެވި މަސްކިރާ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ. މި ޖަޖު ކޮމިޓީ އިން ބަލާނީ އުޅަނދު ލެފި ވަގުތު، ބޭނިމަހުގެ ބަރުދަން (މިންވަރު)، ބޭނި އެންމެ ބޮޑު މަހެވެ. އަދި މި މަޢުލޫމާތު، އެންމެންނަށް ފެންނަށް ގޮތަށް ބެހެއްޓޭ ބޯޑުގައި ނޯޓް ކުރަމުންދާނެއެވެ.

2.6- މި ރޭހުން އިނާމު ލިބޭނީ އެންމެ ގިނަ ކިލޯ ކިރާ ޓީމަކަށެވެ.

3- ރޭހަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމު

3.1- މި މަސް ރޭހުން އެންމެ ގިނައިން މަސްބާނާއިގެން 1ވަނަ އަށް ޓީމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ -/1,500ރ (ފަނަރަސަތޭކަ ރުފިޔާ) އެވެ.

3.2- މި މަސް ރޭހުން އެންމެ ގިނައިން މަސްބާނާއިގެން 2ވަނަ އަށް ޓީމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ -/1,000ރ (އެއްހާސްރުފިޔާ) އެވެ.

3.3- މި މަސް ރޭހުން އެންމެ ގިނައިން މަސްބާނާއިގެން 3ވަނަ އަށް ޓީމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ -/750ރ (ހަތްސަތޭކަ ފަންސާސް) ރުފިޔާ އެވެ.

3.4- މި ރޭހުގައި ބައިވެރިވާ ކޮންމެ އުޅަދަކަށް -/400ރ (ހަތަރު ސަތޭކަ ރުފިޔާ)ގެ އެހީއެއް ހިއްވަރު ދިނުމުގެ ގޮތުން ދެވޭނެއެވެ.

ވީމާ މި މަސް ރޭހުގައި މި އިޢުލާނާއި އެއްގޮތަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އަދި މިއަދުން ފެށިގެން މިރޭހުގައި ބައިވެރިވުމަށް ނަންނޯޓު ކުރެއްވުން އެދެމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 ޖޫން 2025
ހޯދާ