ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް 8 ކޮމްޕިއުޓަރ ސިސްޓަމް އާއި 8 މޮނިޓަރ ގަތުމާގުޅޭ
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް 8 ކޮމްޕިއުޓަރ ސިސްޓަމް އާއި 8 މޮނިޓަރ ގަތުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 10 ވާ އަންގާރަ ދުވަހުގެ 10:00 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 ޖޫން 18 ވާ ބުދަ ދުވަހުގެ 10:00 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް 8 ކޮމްޕިއުޓަރ ސިސްޓަމް އާއި 8 މޮނީޓަރ ގަތުމަށް " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް
ޕްރޮކިޔުމަންޓް ސެކްޝަން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު
ފޯން: 3019340/3019300
އީ-މެއިލް: [email protected]