ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެމަނަފުށީ ކައުންސިލް ވޮލީމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން .

ގެމަނަފުށީ ކައުންސިލް ވޮލީމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން .

 

          މިހިނގާ 2025 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުވަދުއަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގެ ޓީމްތަކަށް އަމާޒުކޮށްގެން ދެޖިންސަށް ވޮލީ މުބާރާތެއް ބޭއްވުމަށް ކައުންސިލުން ނިންމައި ކުރި އިއުލާނުގެ މުއްދަތު ހަމަވިއިރު ޓީމްތަކުން ބައިވެރިފެވައިވާ އަދަދު މަދުވުމާއި ގުޅިގެން  މިހާރުވަނީ މުބާރާތުގައި ބައިވެރި ވުމުގެ މުއްދަތު އިތުރު ކުރެވިފައިއެވެ.

 

          ވީމާ، މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކުން 7 ޖޫން 2025 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގެ ބައިވެރިވުމުގެ ފީ 2000.00 ( ދެހާސް ރުފިޔާ ) ދެއްކެވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

         މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާއިން ލިބެންހުނަނާނެ ވާހަކަ ދެންނެވީމެއެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމްތަކަށް ފައިސާގެ އިނާމެއް ގޮތުން ތިރީގައި މިދަންނަވާ އިނާމް ދެވޭނެއެވެ.

 

މުބާރާތުގެ ކޮންމެ ޑިވިޜަނަކުން ޗެންޕިއަން ޓީމަށް: 50000.00 (  ފަންސާސް ހާސް ރުފިޔާ )

މުބާރާތުގެ ކޮންމެ ޑިވިޜަނަކުން ރަނަރަޕް  ޓީމަށް: 25000.00 ( ފަންސަވީސްހާސް ރުފިޔާ )

 

         މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 ޖޫން 2025
ހޯދާ