ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟުހާ ޢީދު ކުޅިވަރު ކުޅޭ ވަގުތުތަކުގައި މޭޒު ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލުން

 1446 ވަނަ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 2025 ޖޫން 06 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 09 ވަނަ ދުވަހުގެ ނިޔަލަށް އެކި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެސަރަޙައްދުގައި ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި 02 މޭޒު ބެހެއްޓުމަށް ބޭނުންވެއެވެ.

މިހެންކަމުން، ގއ.ވިލިނގިލި އެކި ސަރަހއްދުތަކާއި އާއްމު ތަންތަނުގައި ގާޑިޔާ/ މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމާއި އެކަންކަމުން ފީ ނެގުމުގެ އުޞޫލުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މޭޒު ދޫކުރުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ މޭޒު ބަހައްޓާ ކޮންމެ ދުވާލަކަށް 100 ރުފިޔާ އެވެ. އަދި މި 2 މޭޒު ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑުއަގު ހުށަހަޅާ 2 ފަރާތަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުށް، މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ ފޯރމް ފުރިހަމަކުރުމަށްފަހު، 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. 2 ފަރާތަކުން އެއް އަގެއް ހުށަހަޅައިފިނަމަ ގާޑިޔާ ދޫކުރެވޭނީ އެ ދެ ފަރާތުގެ މެދުގައި ގުރުއަތު ލުމަށްފަހު ލިބޭ ފަރާތަކަށެވެ. 

02 ޖޫން 2025
ހޯދާ