ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ގުރައިދޫ ސްކޫލްގެ އޮފީސް އަދި ސްޓާފްރޫމް މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ގުރައިދޫ ސްކޫލްގެ އޮފީސް އަދި ސްޓާފްރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޖޫން 02 ން 2025 ޖޫން 16 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/eFzj1cjsNbM8oyYT9 

4. މި ބީލަމާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 18 ޖޫން 2025 ބުދަ ދުވަހުގެ 13:45 ގައި ގުރައިދޫ ސްކޫލް އޮފީހު ގައެވެ.

5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޖޫން 18 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2025 ޖޫން 19 ވަނަ ދުވަހުގެ 10:00 ގައި ގުރައިދޫ ސްކޫލް އޮފީހު ގައެވެ.

7. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. 

8. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ގުރައިދޫ ސްކޫލް

ކ.ގުރައިދޫ

ފޯން: 6640574

އީ-މެއިލް:[email protected] ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:  https://forms.gle/eFzj1cjsNbM8oyYT9 

 

02 ޖޫން 2025
ހޯދާ