ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 211 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 211 ވަނަ ޢާންމު ޖަލްސާގެ ނިންމުން 

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް 

ތާރީހް: 21 މެއި 2025  ، ބުދަ 

23 ޛުލްޤަޢިދާ 1446 

ގަޑި: ހެނދުނު 08:30

އެޖެންޑާ

  1. 14 މެއި 2025 އިން 20 މެއި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ކޮޅުމަޑުލު އަތޮޅު ކައުންސިލް 10 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުން (223013) ޖީއެލް ކޯޑަށް 18000.00 (އަށާރަހާސް ރުފިޔާ) ގެ ބަޖެޓް ކޮންޓްރޯލް ފާސްކުރުން
  3. މިހާރު ހުރި ޖޭ.އެލް.ސީ.އެލް ފަންޑުގެ ހަރަކާތްތަކަށް، ޚަރަކާތްތަށް ކުރިއަށް ގެންދެވޭވަރަކަށް ކޯޑްތަކުގައި ފައިސާ ނެތުމުގެ އެ ކޯޑްތަކަށް ފައިސާ އިތުރުކުރުން އަދި އަޟްހާޢީދު ފާހަގަކުރުން ހަރަކާތުގައި މިއަހަރު ޖަނަވަރީ 15 ވަނަ ދުވަހު ފާސްކުރެވުނު ބަޖެޓްގައިވެސް، މި ހަރަކާތަށް 50000.00 (ފަންސާސްހާސް ރުފިޔާ) ގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. ކައުންސިލަށް ފެންނަނަމަ ބަޖެޓް އެސްޓިމޭޓެއްހަދައި، އަޟްހާޢީދުގެ ޚަރަދުތަށް 50000.00 (ފަންސާސްހާސް ރުފިޔާ) އަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވޭނަމަ، ބަޖެޓް އިތުރު ކުރަންވީއެވެ.
  4. ވިޔަފާރި ކުރުމަށް ބަނދަރު ސަރަޙައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން
  5. 4 ވަނަ ދައުރުގެ 2025/21/4/211/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 14 މެއި 2025 އިން 20 މެއި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުން (223013) ޖީއެލް ކޯޑަށް 18000.00 (އަށާރަހާސް ރުފިޔާ) ގެ ބަޖެޓް ކޮންޓްރޯލް ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލުގެ ބަޖެޓްގެ ދަތުރު ޚަރަދު ކޯޑުގައި ނެތުމުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުން (223013) ޖީއެލް ކޯޑަށް 18000.00 (އަށާރަހާސް ރުފިޔާ) ގެ ބަޖެޓް ކޮންޓްރޯލް ފާސްކުރުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  3.  މިހާރު ހުރި ޖޭ.އެލް.ސީ.އެލް ފަންޑުގެ ހަރަކާތްތަކަށް، ޚަރަކާތްތަށް ކުރިއަށް ގެންދެވޭވަރަކަށް ކޯޑްތަކުގައި ފައިސާ ނެތުމުގެ އެ ކޯޑްތަކަށް ފައިސާ އިތުރުކުރުމާއި އަދި އަޟްހާޢީދު ފާހަގަކުރުން ހަރަކާތުގައި މިއަހަރު ޖަނަވަރީ 15 ވަނަ ދުވަހު ފާސްކުރެވުނު ބަޖެޓްގައިވެސް، މި ހަރަކާތަށް 50000.00 (ފަންސާސްހާސް ރުފިޔާ) ގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. ކައުންސިލަށް ފެންނަނަމަ ބަޖެޓް އެސްޓިމޭޓެއްހަދައި، އަޟްހާޢީދުގެ ޚަރަދުތަށް 50000.00 (ފަންސާސްހާސް ރުފިޔާ) އަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވޭތީ އަޟްޙާޢީދުގެ ހުރިހައި ޙަރަކާތްތަކުގެ މައްޗަށް މެމްބަރުން ވިސްނަވާ މަޝްވަރާ ކުރެއްވުމަށްފަހު އަޟްޙާޢީދުގެ ހުރިހައި ޙަރަކާތްތަކަށް ޚަރަދު ކުރުމަށް -/70000 ރު ( ހަތްދިހަ ހާސް ރުފިޔާ ) އަށް ބަޖެޓް އިތުރުކުރުމާމެދު އިއްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި އަޟްޙާޢީދު ދުވަހު މެންދުރު ބާއްވާ ރައްޔިތުންގެ ޖާފަތުގައި ބައިވެރިކުރާ ކޮންމެ ކެއުމަކަށް މި ބަޖެޓްގެ ތެރެއިން -/1000 ރު  ( އެއްހާސް ރުފިޔާ ) ދޫކުރުމަށްވެސް މެމްބަރުން ނިންމެވިއެވެ.
  4.  ވިޔަފާރި ކުރުމަށް ބަނދަރު ސަރަޙައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލައާއި ގުޅިގެން ބިންތައް ދޫކުރުމުގެ ކުރިން ކައުންސިލުން ބިންތަކުގެ ފުރިހަމަ މަޢްލޫމާތު އެއްކުރެއްވުމަށްފަހުގައި ނޫނީ ބަނދަރު ސަރަހައްދުން ވިޔަފާރިއަށް ބިން ދޫނުކުރުމަށާއި އަދި މި މައްސަލަ އެހެން ޖަލްސާއަކަށް އެޖެންޑާ ކުރެއްވުމަށް ފެނިވަޑައި ގަންނަވާ ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  5.  އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/21/4/211/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 211 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

 

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

 

ޗުއްޓީގައި 

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

 

02 ޖޫން 2025
ހޯދާ