ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 210 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 14 މެއި 2025 ، ބުދަ
16 ޛުލްޤަޢިދާ 1446
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 07 މެއި 2025 އިން 13 މެއި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙަސަން ޙަބީބު އޮފީހަށް ޙާޟިރު ނުވެ ރިމޯޓް އުސޫލުން މަސައްކަތް ކުރާގޮތަށް ހަމަޖެއްސުމުގެ މައްސަލަ
- ލޯންސްޓަރގެ ނަމްބަރ LS/1302/2025-S (05 ފެބުރުއަރީ 2025) ސިޓީއާއި ގުޅިގެން ކައުންސިލުގެ ނަމްބަރ 2025/04/4/194/385 ޖަލްސާގައި ނިންމުނު ބޯޓް ޔާޑު ބިމުގެ މުއްދަތު އިތުރު ކުރުމާއި އަދި އިތުރު ކުރެވޭ މުއްދަތުގައި ބޯޓް ޔާޑު ބިމުގެ ކުލި ކަނޑައެޅުމުގެ މައްސަލަ ރިވިއު ކުރުން
- މިސްކިތު މުވައްޒަފުންގެ ހާރުކެއުމުގެ އެލަވަންސް އަދި ރޯދަ ވީއްލުމުގެ އެލެވެންސް ދިނުމަށް ވިޔަ މޮޑިއުލްއިން ވައުޗަރ ތައްޔާރުކުރުމަށް ޖޭގޮމް ފަންޑުގެ 212999 (އެހެނިހެން އެލަވަންސް) ކޯޑަށް 1020.00 (އެއްހާސް ވިހި ރުފިޔާ) ބޭނުންވާތީ، ޖޭގޮމް ފަންޑުގެ 212005 (ރަމަޟާން އެލަވަންސް) ކޯޑް އިން 1020.00 (އެއްހާސް ވިހި ރުފިޔާ) އުނިކޮށް 212999 (އެހެނިހެން އެލެވެންސް) ކޯޑަށް އިތުރުކުރުމުގެ މައްސަލަ.
މުވައްޒަފުންގެ ޓީޝާޓު ގަތުމަށް (222007) ޖީއެލް ކޯޑަށް 10834.56
އުފުލުމުގެ ޚަރަދު (ބޯޓްތަކަށް ނާލު ދެއްކުން) (223011) ޖީއެލް ކޯޑަށް 10000.00
އޮފީސް ހިންގުމަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް (222999) ޖީ.އެލް ކޯޑަށް 20000.00
ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ކަނޑު މަގުން ކުރެވޭ ދަތުރު (221001) ޖީ.އެލް ކޯޑަށް 10000.00
ދިޔަމިގިލީ ހުކުރު މިސްކިތް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުމަށް ބޭނުންވާ ސާމާނުގަތުން (222999) ޖީ.އެލް ކޯޑަށް 10000.00
ކައުންސިލް އިދާރާ މަރާމާތުކުރުން (226002) ކޯޑަށް 60000.00 އިތުރުކުރުން
މަގުބައްތި މަރާމާތުކުރުން އަދި މަގުބައްތި ޖެހުން (226008) ކޯޑަށް 15000.00 އިތުރުކުރުން
5. 4 ވަނަ ދައުރުގެ 2025/20/4/210/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 30 އޭޕްރީލް2025 އިން 06 މެއި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙަސަން ޙަބީބު އޮފީހަށް ޙާޟިރު ނުވެ ރިމޯޓް އުސޫލުން މަސައްކަތް ކުރާގޮތަށް ހަމަޖެއްސުމުގެ މި މައްސަލަ އާއި ގުޅިގެން އަލްފާޟިލް ޙަސަން ޙަބީބު 08 މެއި 2025 ގައި ހަވޭލި އެޑްރެހުގައި ލިޔެ މި އިދާރާއަށް ހުށަހަޅުއްވާފައިވާ ސިޓީގައި ވަނީ " މި ވަގުތު އަޅުގަނޑުގެ ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން އޮފީހަށް ޙާޟިރުވެގެން ގިނަ އިރު މަސައްކަތުގައި ވަގުތު ހޭދަ ކުރުމަކީ ވަރަށްދަތި އުނދަގޫ ކަމަކަށްވާތީ ގޭގައި ހުރެގެން " ރިމޯޓް އުސޫލުން " ރަސްމީ މަސައްކަތް ކުރުމުގެ ހުއްދަ ދެއްވައި މިކަމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ " މި މައްސަލަ އާއި ގުޅިގެން ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މެމްބަރުން ވަނީ ޚިޔާލު ފާޅުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މިހާރު ރާއްޖޭގެ ގިނަ އޮފީސް ތަކެއްގައި މިގޮތަށް ރިމޯޓް އުސޫލުން މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ 27 މެއި 2025 ވަނަ ދުވަހުން ފެށިގެން 03 މަސްދުވަހުގެ މުއްދަތަށް މި އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޙަސަން ޙަބީބު އޮފީހަށް ޙާޟިރު ނުވެ ގޭގައި ހުރެގެން ރިމޯޓް އުސޫލުން ރަސްމީ މަސައްކަތް ކުރާގޮތަށް ހަމަޖެއްސުމުގެ އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- ލޯންސްޓަރގެ ނަމްބަރ LS/1302/2025-S (05 ފެބުރުއަރީ 2025) ސިޓީއާއި ގުޅިގެން ކައުންސިލުގެ ނަމްބަރ 2025/04/4/194/385 ޖަލްސާގައި ނިންމުނު ބޯޓް ޔާޑު ބިމުގެ މުއްދަތު އިތުރު ކުރުމާއި އަދި އިތުރު ކުރެވޭ މުއްދަތުގައި ބޯޓް ޔާޑު ބިމުގެ ކުލި ކަނޑައެޅުމުގެ މައްސަލަ ރިވިއު ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މިޖަލްސާގައި ބޯޓްޔާޑަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު އިތުރުކުމާ ގުޅިގެން ބިމުގެ ކުއްޔަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މެމްބަރުން ވަނީ ޚިޔާލު ފާޅުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ބޯޓްޔާޑަށް ދޫކުރެވިފައިވާ ބިމުގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން މެމްބަރުން ނިންމަވާފައި ވަނީ ބޯޓްޔާޑް ބިމުގެ މިހާރުގެ އެގްރީމެންޓްގައި ބާކީ އޮތް މުއްދަތު ނުހިމޭގޮތުން މިހާރުގެ އެގްރީމެންޓް ބާޠިލުކޮށް އަލުން އެގްރީމެންޓް އާކޮށް ބިމުގެ މުއްދަތު 50 އަހަރަށް އިތުރު ކުރުމެވެ. މިގޮތަށް ބިމުގެ މުއްދަތު އިތުރުކުރާނަމަ އެގްރީމެންޓްގައި ސޮއި ކުރާ ދުވަހުން ފެށިގެން ހިނގާ ފުރަތަމަ 15 އަހަރުދުވަހު ބިމުގެ ކުލި ބިމުގެ އަކަފޫޓަކަށް 35/- ލާރި ( ތިރީސް ފަސްލާރި ) ކަނޑައެޅުމަށާ، އަދި ދެވަނަ 15 އަހަރު ( 16 ވަނަ އަހަރުން ފެށިގެން 30 ވަނަ އަހަރުގެ ނިޔަލަށް ) ބިމު ކުލި ބިމުގެ އަކަފޫޓަކަށް 75/- ލާރި ( ހަތްދިހަ ފަސް ލާރި ) ކަނޑައެޅުމަށާ، އަދި 31 ވަނަ އަހަރުން ފެށިގެން 50 ވަނަ އަހަރުގެ ނިޔަލަށް ބިމުގެ ކުލި ބިމުގެ އަކަފޫޓަކަށް -/1 ރުފިޔާ ( އެއް ރުފިޔާ ) ކަމުގައި ކަނޑައަޅައި އަދި އިތުރު ކުރެވޭ 50 އަހަރުގެ މުއްދަތުގައި އަމިއްލައަށް ހިއްކާ ބިމެއް ކަމުގައިވިޔަސް އެ ބިމެއް ހިމެނޭގޮތުން ބޯޓްޔާޑް ބިމުގެ އޭރިޔާގައި ހިމެނޭ ކޮންމެ އަކަފޫޓަކަށްވެސް ބިމު ކުލި ނެގޭނީ މި ސިޓީގައި ބަޔާންކުރެވިފައިވާ ރޭޓްތަކުން ކަމަށެވެ. އެހެންކަމުން މިހާރުގެ އެގްރީމެންޓްގައި ބާކީ އޮތް މުއްދަތު ނުހިމެނޭ ގޮތުން މިހާރުގެ އެގްރީމެންޓް ބާޠިލުކޮށް އަލުން އެގްރީމެންޓް އާކޮށް ބިމުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމާމެދު އިއްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
ބަޖެޓް ކޮންޓްރޯލް
މިސްކިތު މުވައްޒަފުންގެ ހާރުކެއުމުގެ އެލަވަންސް އަދި ރޯދަ ވީއްލުމުގެ އެލެވެންސް ދިނުމަށް ވިޔަ މޮޑިއުލްއިން ވައުޗަރ ތައްޔާރުކުރުމަށް ޖޭގޮމް ފަންޑުގެ 212999 (އެހެނިހެން އެލަވަންސް) ކޯޑަށް 1020.00 (އެއްހާސް ވިހި ރުފިޔާ) ބޭނުންވާތީ، ޖޭގޮމް ފަންޑުގެ 212005 (ރަމަޟާން އެލަވަންސް) ކޯޑް އިން 1020.00 (އެއްހާސް ވިހި ރުފިޔާ) އުނިކޮށް 212999 (އެހެނިހެން އެލެވެންސް) ކޯޑަށް އިތުރުކުރުމުގެ މައްސަލަ.
ޖޭލް.ސީ.އެލް ފަންޑަށް އިތުރު ހަރަކާތެއްގެ ގޮތުގައި
- މުވައްޒަފުންގެ ޓީޝާޓު ގަތުމަށް (222007) ޖީއެލް ކޯޑަށް 10834.56
- އުފުލުމުގެ ޚަރަދު (ބޯޓްތަކަށް ނާލު ދެއްކުން) (223011) ޖީއެލް ކޯޑަށް 10000.00
- އޮފީސް ހިންގުމަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް (222999) ޖީ.އެލް ކޯޑަށް 20000.00
- ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ކަނޑު މަގުން ކުރެވޭ ދަތުރު (221001) ޖީ.އެލް ކޯޑަށް 10000.00
- ދިޔަމިގިލީ ހުކުރު މިސްކިތް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުމަށް ބޭނުންވާ ސާމާނުގަތުން (222999) ޖީ.އެލް ކޯޑަށް 10000.00
މިހާރު ހުރި ޖޭ.އެލް.ސީ.އެލް ފަންޑުގެ ހަރަކާތްތަކަށް، ޚަރަކާތްތަށް ކުރިއަށް ގެންދެވޭވަރަކަށް ކޯޑްތަކުގައި ފައިސާ ނެތުމުގެ އެ ކޯޑްތަކަށް ފައިސާ އިތުރުކުރުން
- ކައުންސިލް އިދާރާ މަރާމާތުކުރުން (226002) ކޯޑަށް 60000.00 އިތުރުކުރުން
- މަގުބައްތި މަރާމާތުކުރުން އަދި މަގުބައްތި ޖެހުން (226008) ކޯޑަށް 15000.00 އިތުރުކުރުން
4. މިސްކިތު މުވައްޒަފުންގެ ހާރުކެއުމުގެ އެލަވަންސް އަދި ރޯދަ ވީއްލުމުގެ އެލެވެންސް ދިނުމަށް ވިޔަ މޮޑިއުލްއިން ވައުޗަރ ތައްޔާރުކުރުމަށް ޖޭގޮމް ފަންޑުގެ 212999 (އެހެނިހެން އެލަވަންސް) ކޯޑަށް 1020.00 (އެއްހާސް ވިހި ރުފިޔާ) ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި ޖޭގޮމް ފަންޑުގެ 212005 (ރަމަޟާން އެލަވަންސް) ކޯޑް އިން 1020.00 (އެއްހާސް ވިހި ރުފިޔާ) އުނިކޮށް 212999 (އެހެނިހެން އެލެވެންސް) ކޯޑަށް އިތުރުކުރުމަށް ބޭނުންވާތީ އާއި މުވައްޒަފުންގެ ޓީޝާޓު ގަތުމަށް (222007) ޖީއެލް ކޯޑަށް 10834.56 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި އުފުލުމުގެ ޚަރަދު (ބޯޓްތަކަށް ނާލު ދެއްކުން) (223011) ޖީއެލް ކޯޑަށް 10000.00 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި އޮފީސް ހިންގުމަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށް (222999) ޖީ.އެލް ކޯޑަށް 20000.00 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި ކައުންސިލްގެ އެކިއެކި ބޭނުންތަކަށް ކަނޑު މަގުން ކުރެވޭ ދަތުރު (221001) ޖީ.އެލް ކޯޑަށް 10000.00 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި ދިޔަމިގިލީ ހުކުރު މިސްކިތް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުމަށް ބޭނުންވާ ސާމާނުގަތުން (222999) ޖީ.އެލް ކޯޑަށް 10000.00 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި ކައުންސިލް އިދާރާ މަރާމާތުކުރުން (226002) ކޯޑަށް 60000.00 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ އާއި މަގުބައްތި މަރާމާތުކުރުން އަދި މަގުބައްތި ޖެހުން (226008) ކޯޑަށް 15000.00 ރުފިޔާ އިތުރުކުރުމަށް ބޭނުންވާތީ މި މައްސަލަތައް ވަކިވަކިން ބަޔާންކުރެވިފައި ވީނަމަވެސް ޖުމްލަ އެއްމައްސަލަ އެއްގެ ގޮތުގައި ބަލައިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ޚިޔާލު ފާޅުކުރައްވާފައި ވެއެވެ. އަދި މިކަންކަމަކީ ކޮންމެހްންވެސް ކުރަންޖެހިފައި ކަންތައްތަކެއް ކަމުގައި މެމްބަރުން ދެކެވަޑައިގަންނަވާތީ މިކަމަށް ބޭނުންވާ ކޯޑުތަކުން ފައިސާ އުނިކޮށް ބޭނުންވާ ކޯޑުތަކަށް ފައިސާ އިތުރުކުރުމާމެދު އިއްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
5. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/20/4/210/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 210 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|