ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2025 ރާވާ ހިންގާނެ ފަރާތެއް ހޯދުން.
ތިނަދޫ ސިޓީގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ފޯރިއާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކުރުމަށްޓަކައި މިއަހަރުވެސް "ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2025" މިނަމުގައި ފުޓްސަލް މުބާރާތެއް ބާއްވައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ޖަމްޢިއްޔާތަކުން 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | ތަން | 
| ރެޖިސްޓްރޭޝަން މުއްދަތު | 01 ޖޫން 2025 އިން 15 ޖޫން 2025 އަށް | - | 15 ޖޫން 2025 ގެ 14:00އަށް | އީމެއިލް މެދުވެރިކޮށް | 
| ބީލަން ހުށަހެޅުން | 25 ޖޫން 2025 | ބުދަ | 11:00 | ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް | 
                          05 ذو الحِجّة 1446
 
                    