މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު އަޟްޙާ އީދުގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 
   

 

 

1446 ވަނަ އަހަރު އަޟްޙާ އީދުގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1446  ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ރޭސްތަކާއި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެންވަނީ ހުޅުވާލާފައެވެ. މި މުބާރާތްތަކުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތްތަކުގެ ގަވާއިދު މި އިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، ފުރިހަމަނުކޮށް ހުންނަ ފޯމްތައް ބަލައިނުގެނެވޭނެއެވެ. ފޯމާއި އެކު ޓީމްގެ ހުރިހާ ބައިވެރިންގެ އައިޑީކާޑް ދެފުށުގެ ސާފުކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ.

1446 ވަނަ އަހަރު ޢަޟްޙާ ޢީދުގައި ބޭއްވުމަށް ތާވަލު ކުރެވިފައިވާ މުބާރާތްތައް:

1.     ބަރޯ ރޭސް

2.     ފައިގާ ބޯޅައިންތަޅާ މުބާރާތް

3.     މަސް ރޭސް

4.     ފަލިރޭސް

5.     ބައިބަލާ މުބާރާތް

6.     ވައު ދެމުން

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

05 ޛުލްޙިއްޖަ 1446

01 ޖޫން 2025
ހޯދާ