މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ގޯތިތަކުން ހެދިފައިހުރި ރުއްގަހާއި މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި، ވިނަ ހެދިފައިވާ މަގުތަށް ސާފުކުރުމާއި ގުޅޭ:

އިޢުލާން

 

މަގުތަކުގައި ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ގޯތިތަކުން ހެދިފައިހުރި ރުއްގަހާއި މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި، ވިނަ ހެދިފައިވާ މަގުތަށް ސާފުކުރުމާއި ގުޅޭ:


       ރަށުގެ އެކިގޯތިތަކުން، ހެދިފައިވާ ރުއްގަހުން މަގުތަކާއި ގޯޅިތަކުގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް އުނދަގޫވާގޮތަށް ގިނަ އަދަދަކަށް އަފިތަކާއި ފަންތައް ތިރިވެފައިހުރިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މަގުތަކުގައި އަމިއްލަ ފަރާތްތަކުގެ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރަށުގައި ދުއްވާ ޕިކަޕްތަކާއި އެމްބިއުލާންސް ދުއްވުމަށާއި އަދި އެހެނިހެން އުޅަނދުތަކާއި ހިނގާ މީހުންނަށްވެސް ދަތިތަކާއި ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. އަދި ބައެއް ގޯތިތަކުގެ މަގު ސާފުކުރަމުން ނުދާކަން ފާހަގަކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން މަގުމަތީގެ ސާފުތާހިރުކަން ގެއްލި އެސަރަހަށްދުތައް ވަރަށްބޮޑަށް ވައުވަދެފައި ވެއެވެ.
       އެހެންކަމުން ތިރި ވެފައިހުރި ގަސްގަހުގެ އަފިތަކާއި ރުއްރުކުގެ ފަންތަށް ކޮށައި ވިނަ ދިގުވެފައިވާ މަގުތަށް ސާފުކޮށް އަދި މަގުމަތީ ކައުންސިލްގެ ހުއްދަނެތި ބަހައްޓާފައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި 4 ޖޫން 2025 ގެ ކުރިން ނަގައި ނިންމުމަށް ދެންނެވީމެވެ. އަދި ކުރިއަށް އޮތީ އަޟްހާ ޢީދު ކަމަށްވުމާއެކު، މިއީ ރަށަށް ގިނަ އަދަދެއްގެ މެހެމާނުން ޒިޔާރަތްކުރާ ދުވަސްވަރަކަށްވާތީ ރަށުތެރެ ރީތިކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބަރާރުލުން ދެއްވައި އަމަލުކުރެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.                            
                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ

      05 ޛުލްޙިއްޖާ 1446 

01 ޖޫން 2025
ހޯދާ