މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ސަރަހައްދުން މިކުންފުނީގެ ބޭނުމަށް، ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭނެ އިމާރާތެއް ކުއްޔަށްހިފުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ބީލަމާއި ބެހޭ މަޢުލޫމާތު:
މި ކުންފުނީގެ ބޭނުމަށް ގްރައުންޑް ފްލޯރއިން ގުދަނެއްގެ ގޮތުގައި ބޭނުންކުރާނެ ތަނެއް މާލެ ސަރަހައްދުން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން: |
|
ތާރީޚް: |
15 ޖޫން 2025 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ހުޅުވޭ ސަރުކާރު ރަސްމީ ދުވަހުއެވެ. |
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ 5ވަނަ ފަންގިފިލާ |
ގަޑި |
14:00 |
2- ބީލަމާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:
- ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 12 ޖޫން 2025 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]
02 ޖޫން 2025
ހޯދާ